ބަނާރަސް (13 ސެޕްޓެމްބަރު) އިންޑިއާގެ ބަނާރަސްގައި ހުންނަ ގްޔާންވަޕި މަސްޖިދު ނަމަކަށް ކިޔާ މިސްކިތެއްގައި ހިންދޫންގެ އަޅުކަން ކުރަން އެދި ހުށައަޅާފައިވާ ޕެޓިޝަނެއް ބަލަން އެގައުމުގެ ކޯޓަކުން ނިންމައިފި އެވެ.
ހިންދޫ އަންހެނުންގެ ބަޔަކު ހުށައެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ އެ މިސްކިތް ހުރި ބިމަކީ ހިންދޫ ދީނުގެ ފައްޅިއެއް ހުރި ބިމެއް ކަމަށާއި އެހެންކަމުން އެތަނުގައި އަޅުކަން ކުރުމުގެ ހައްގު އެމީހުންނަށް ލިބެން ޖެހޭ ކަމަށެވެ.
ކޯޓުން މި މައްސަލަ ބަލަން ނިންމާފައިވަނީ މުސްލިމް މިސްކިތެއްގެ ކޮމިޓީއަކުން އެ މައްސަލަ ބޭރު ކުރަން ވެސް ހުށައަޅާފައި ވަނިކޮށެވެ.
އެކޮމިޓީއިން ބުނީ މީގެ 600 އަހަރު ކުރިން އެ ސަރަހައްދުގައި މިސްކިތް އެޅިފައިވާ ކަމަށާއި އެހިސާބުން އެއީ މުސްލިމުންގެ ބިމަކަށް ވެފައިވާ ކަމަށެވެ.
މައްސަލަ ބަަލައިގަންނަން ނިންމަމުން ގާޟީ ވިދާޅުވީ މިމައްސަލަ ބޭރުކުރެވޭ ވަރުގެ ސަބަބެއް މުސްލިމުންގެ ކޮމިޓީއަށް ދެއްކިފައިނުވާ ކަމަށެވެ.
ދީނީ އިމާރާތްތަކާހެދި އެކި ދީނުގެ މީހުންގެ މެދުގައި ހިތްހަަމަ ނުޖެހުން އުފެދި ހަމަނުޖެހުންތައް ހިނގުމަކީ ވެސް އިންޑިއާގައި އާއްމު ކަމެކެވެ. އެގޮތުން ބަލާއިރު 1992 ވަނަ އަހަރު ބާބްރީ މަސްޖިދާ ގުޅިގެން ހިނގި ބޮޑު ހަމަނުޖެހުންތައް ފާހަގަކޮށްލެވެ އެވެ.
އިންޑިއާގެ މެޖޯރިޓީ ދީނަކީ ހިންދޫ ދީނަށް ވާއިރު އެގައުމުގައި މުސްލިމުން ހިއްސާ ކުރަނީ އާބާދީގެ އެންމެ 13 ޕަސެންޓެވެ. މި ސަބަބަށްޓަކައި މުސްލިމުންނަށް އަމާޒުކޮށް ގިނަ ހަމަނުޖެހުންތަކެއް ހިންގަމުންދެ އެވެ.