ރޭގަނޑު ނުނިދިގެން ނޫނީ ނުނިދެ އުޅޭ މީހުން ވަރަށް ގިނަ އެވެ. އެއްބަޔަކު ކޮންމެވެސް ސީރިޒްއެއް ބަލާށެވެ. ނޫނީ އެކުވެރިންނާ އެކު ކޮންމެވެސް ސަކަރާތެއް ގައެވެ. ހެނދުނު އަވަހަށް ހޭލައިގެން ވަޒީފާއަށް ދާންޖެހޭ މީހުންވެސް މެއެވެ.

ތިމާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ހަމަޔަގީނުންވެސް ކުރާނެ އެވެ. ވިސްނާލާށެވެ ގެއްލުން ތިދެވެނީ ހަމަ ތިމާގެ ހަށިގަނޑަށެވެ.

އުމުރަށް އަންނަ ތަފާތާ އެއްވަރަށް ހަށިގަނޑަށް ބޭނުންވާ ނިދީގެ މިންވަރު ވެސް ތަފާތުވެ އެވެ. އެގޮތުން ތިންމަހުގެ ކުޑަކުއްޖަކަށް 14-17 ގަޑިއިރުގެ ނިދި ބޭނުންވެ އެވެ 4 މާހާއި 11 މަހާ ދޭތެރޭގެ ކުޑަކުއްޖަކަށް 12-15 ގަޑީއިރުގެ ނިދިބޭނުންވާއިރު އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ކުއްޖަކަށް 11-14 ގަޑިއިރުގެ ނިދިބޭނުންވެއެވެ.

ކުއްޖާ ސްކޫލަށް ދާ އުމުރުފުރާ ފެށޭއިރު 3 އަހަރާއި 5 އަހަރުގެ ކުއްޖަކަށް 10-13 ގަޑިއިރުގެ ނިދި ބޭނުންވެ އެވެ. އަދި 6 އަހަރާއި 13 އަހަރާއި ދެމެދުގެ ކުއްޖަކަށް 9-11 ގަޑިއިރުގެ ނިދި ބޭނުންވާއިރު 14 އަހަރާއި 17 އަހަރުގެ ކުއްޖަކަށް ބޭނުންވަނީ 8-10 ގަޑިއިރުގެ ނިންޖެވެ.

މީހާ ބޮޑުވަމުން ދާ ވަރަކަށް ހަށިނގަޑަށް ބޭނުންވާ ނިދީގެ މިންވަރު ދާނީ މަދުވަމުންނެެވެ. އެގޮތުން 18 އަހަރާއި 25 އަހަރުގެ މީހަކަށް ބޭނުންވަނީ 7-9 ގަޑިއިރުގެ ނިންޖެވެ. އަދި 26 އަހަރާއި 64 ދެމެދުގެ މީހަކަށްވެސް 7-9 ގަޑިއިރުގެ ނިބޭނުންވާނެ އެވެ. އަދި 65 އަހަރަށް ވުރެމަތީގެ މީހަކަށްނަމަ މަދުވެގެން 8 ގަޑިއިރުގެ ނިދިބޭނުންވެ އެވެ.

މި މިންގަނޑަށް ނިދި ނުލިބޭނަމަ ވަރުބަލިކަން އިހްސާސް ކުރެވި ކިޔެވުމަށް ނުވަތަ ކުރާ މަސައްކަތަށް ސަމާލުކަން ދިނުމަށް ދަތިވެ އެވެ. އަދި ހިތުގެ ބަލިތަށް ޖެހުމަށް މަގުފަހި ވެއެވެ.

އޭގެ އިތުރުން ހަންގަނޑުހައި ރޫޖެހި ހަންގަނޑުގައި ހުންނަ އޮމާންކަން ގެއްލިދިއުމުގެ ސަބަބަކަށް، ބޭނުން ވާ ވަރަށް ނިދި ނުލިބުން ހިމެނެ އެވެ. އެހެން ކަމުން ހަމަނިދި ނުލިބޭނަމަ އަވަހަށް މުސްކުޅި ވެދާނެ ކަމަށް ބުނެވިދާނެ އެވެ.

އެއާއެކު ޑައިޓްގައި އުޅޭ ބޭފުޅުންނަސް ހަމައަށް ނިދި ލިބުން މުހިއްމެވެ. ސަބަބަކީ ބަރުދަން ލުއިކޮށް ފުރިހަމަ ސިއްހަތެއްގައި ހުންނަން ނިދި މުހިއްމު ވާތީ އެވެ.