ވިލިމާލެއާ ދިމާލު އަޅާފައި އޮތް ވޭލް ސަބްމެރިންގެ ހަތަރު ސިލިންޑަރު ގޮވައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ހާދިސާ ހިނގިތަނުގައި ހަރަކާތްތެރިވި މީހަކު "ހުރިހާ"އަށް ކިޔައިދިނެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 21:10 ހާއިރު ކަމަށެވެ.
މާފަންނު ޕޮލިސް ސްތޭޝަންގެ ފުލުހުންނާއި އައިޖީއެމްއެޗްގެ ސެކިއުރިޓީގައި ހަރަކާތްތެރިވާ ފުލުހުންނަށް އެއްޗެއް ގޮވާ އަޑު އިވިގެން އެކަން ހިނގިގޮތް ބެލިބެލުމުން އެނގުނީ ސަބްމެރިންގެ ހަތަރު ސިލިންޑަރު ގޮވި ކަމެވެ.
ފުލުހުން އަންނަނީ ހާދިސާ ހިނގިތަނުގައި ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި ސަބްމެރިންއަށް ވެސް އެއްވެސް ގެއްލުމެއް ނުވެ އެވެ.
އުނގޫފާރު ބަޔަކު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި
އިންޑޮނޭޝިއާގެ ސުމަތުރާއަށްވެސް އިތުރު ބާރުގަދަ ބިންހެލުމެއް
ޣައްޒާގެ ހޮސްޕިޓަލުތަކަށް އޮކްސިޖަން ނުލިބި ނުރައްކާ ހާލަތަކަށް
