މާބަނޑު ދުވަސްވަރު ކޮންމެ މީހެއްގެ ވެސް ބަރުދަން އާދަޔާ ހިލާފަށް އިތުރުވާނެ އެވެ. ވިހާ ގަދަވުމަށްފަހު ކޮންމެ މީހަކުވެސް ބޭނުންވާނީ އަވަހަށް ބަރުދަން ލުއިކުރާށެވެ. އެއްބަޔަކު ޑައިޓް ޖައްސާއިރު އަނެއް ބަޔަކު ޖިމަށް ގޮސް ކަސްރަތު ކުރެ އެެވެ.

ތިރީގައި މި ބަލާލަނީ ވިހެއުމަށްފަހު ބަރުދަން ލުއިކުރުމަށްޓަކައި ކަމުގެ މާހިރުން ގެނެސްދީފައިވާ ބައެއް ކަންތައްތަކެވެ.

ގަވާއިދުން ކެއުން

ވިހެއުމަށްފަހު ބަރުދަން ލުއިކުރަން ބޭނުންވިޔަސް އަބަދުވެސް ކާންޖެހޭނެ އެވެ. އެކި އިރުގެ ކެއުންތައް ދޫކޮށްލައިގެން ކުރާ ކަސްރަތުގެ ނަތީޖާއެއް ނުފެންނާނެ އެވެ.

"ބްރީތިން އެކްސަސައިޒް" ހެދުން

ކޮންމެ ދުވަހަކުވެސް ހެނދުނު ބްރީތިންގް އެކްސަސައިޒެއް ހަދާލާށެވެ. އޭގެ ސަބަބުން ނޭވާލާ ނިޒާމު ރަނގަޅަށް މަސައްކަތްކޮށް ޓިޝޫތަކަށް ބޭނުންވާ އޮކްސިޖަން ފޮނުވައިދޭނެ އެވެ.

ގިނައިން ޕްރޮޓީން، ފެޓީ އެސިޑް ހިމެނޭ ތަކެތި ކެއުން

ފެހި ގަދަ ތަރުކާރީ އާއި ކުކުޅާއި މަހާއި ބިހާއި ކިރު އެކުލެވޭ ތަކެތީގެ އިތުރުން ތޮޅީގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވެއެވެ. މީގެއިތުރުން އެވަކާޑޯ އާއި ވޯލްނަޓާއި އޮލިވް އޮއިލް އާއި ޗީޒް އާއި ސީޑްސްގެ އިތުރުން ބިހުގައި ގިނަ އަދަދަކަށް ފެޓީ އެސިޑް ހިމެނެއެވެ.