ދިމިޝްގު (17 ސެޕްޓެމްބަރު) - އިޒްރޭލުން ދިމިޝްގުގެ ބައިނަލްއަގްވާމީ އެއާޕޯޓު ހިމެނޭހެން އެ އަވަށުގެ ފަސް ތަނަކަށް ވައިގެ ހަމަލާ ތަކެއް ދީފައިވާ ކަމަށް ސީރިއާއިން ބުނެފި އެވެ.

މި ހަމަލާގައި ސީރިއާ އަސްކަރިއްޔާގެ ފަސް ސިފައިން މަރުވެ އެއާޕޯޓުގެ އިމާރާތަށް ގެއްލުން ލިބިފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އިޒްރޭލުން ފޮނުވާލި ގިނަ ހަމަލާތަކެއް އަސްކަރިއްޔާއިން ވައްޓާލައިފައިވާ ކަމަށް ބުނަމުން އެ މިނިސްޓްރީއިން ބުނީ ހަމަލާ ދެވިފައިވަނީ ނިސްބަތުން މަދު އަމާޒުތަކަކަށް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ކަހަލަ ބުރޫއެއް އެރިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.

އީރާނުން ސީރިއާއަށާއި ލުބުނާނަށް ފޮނުވަމުންދާ ހަތިޔާރުތައް ފޮނުވުމަށް ހުރަސް އެޅުމުގެ ގޮތުން އިޒްރޭލުގެ ސިފައިން ވަނީ ސީރިއާގެ އެއާޕޯޓުތަކަށް ހަމަލާ ދިނުން މިފަހަކަށް އައިސް އިތުރުވެފަ އެވެ.

މިސަބަބަށްޓަކައި އީރާނުން ވަނީ ހަތިޔާރު ފޮނުވުމަށް އެއްގަމު ދަތުރުތައް ބޭނުން ކުރަން ފަށައިފަ އެވެ. -- އަލް އަރަބިއްޔާ