ހޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމުގައިވާ ޖޮނީ ޑެޕްއާއި އޭނާގެ ކުރީގެ އަންހެނުން އަދި ބަތަލާ އެމްބާ ހާޑް ދެމެދު ކުރިއަށް ދިޔަ ކޯޓް ކޭޝްއާ ގުޅޭ ގޮތުން ފިލްމެއް ހެދުމަށް ނިންމައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިފިލްމުގެ ނަމަކީ "ހޮޓް ޓޭކް: ދަ ޑެޕް/ހެއާޑް ޓްރައިއަލް" އެވެ. އަދި މި ފިލްމު ދައްކާނީ ޓޫބީ ސްޓްރީމިން ސާވިސް އިން ކަމަށާއި، ފިލްމުގައި ޖޯނީ ޑެޕްގެ ރޯލުން ފެނިގެންދާނީ މާކް ހަޕްކާ އާއި އެމްބާގެ ރޯލުން ފެންނާނީ މެގަން ޑޭވިސްކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިތުރު ކާސްޓުންނަށް ބަލާ އިރު، މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދި ޑެޕްގެ ވަކީލު ކެމިލް ވެސްކްއެޒްގެ ރޯލު ކުޅެފައި ވަނީ މެލީސާ މާޓީ އެވެ. އަދި ހާޑްގެ ވަކީލު އެލެއިން ބްރެޑެހޮފްޓްގގެ ރޯލު ކުޅުނީ މޭރީ ކެރިގް އެވެ.

މި މަހުގެ 30 ގައި ފޮކްސްގެ ޓިއުބީން ސްޓްރީމިން ޕްލެޓްފޯމުން ފްރީމިއާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"ދަ ޑެއިލީ ޝޯ" ގެ ރައިޓަރު ގާއި ނިކޮލޫޗީގެ ސްކްރީންޕްލޭއަކަށް "ހޮޓް ޓޭކް: ދަ ޑެޕް/ހާޑް ޓްރަޔަލް" ޑައިރެކްޓްކުރީ "ސީކްރެޓްސް އިން ދަ ވުޑްސް" ގެނެސްދިން ސާރާ ލޯމަން އެވެ.

އެމްބާ އާއި ޑެޕް އެކުގައި ކުޅުނު ފިލްމު "ދަ ރަމް ޑައިރީ" ގެ ސެޓުން 2011 ވަނަ އަހަރު ރައްޓެހިވެ، ދެ ތަރިން ކައިވެނި ކުރީ 2015 ގަ އެވެ.