ލަންޑަން (19 ސެޕްޓެމްބަރު) އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދެވަނަގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި އެވެ.

ލަންޑަން ގަޑިން މިއަދު ހެނދުނު 11 ޖެހިއިރު ފެށި މި ޖަނާޒާގައި ރާނީގެ ހަށިކޮޅު ބަކިންހަމް ޕެލެސްއިން ފެށިގެން އެކަމަނާ ފަސްދާނުލާ ވިންޑްސާއާ ހިސާބަށް ރަސްމީ އިއްޒަތުގައި ވަނީ ގެންގޮސްފަ އެވެ. ސަންދޯން ގެއްދިޔައިރު އެތައް މިލިއަން މީހުން އެ މަންޒަރު ބެލުމަށް މަގުތަކަށް އެއްވެފައި ތިއްބެވެ.

މި ޖަނާޒާގައި ޝާހީ އާއިލާގެ ގިނަ ބޭފުޅުން ބައިވެރިވާއިރު އޭގެ ތެރޭގައި އެލިޒަބަތުގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުންގެ އިތުރުން މާމަދަރިދަރިކަލުން ވެސް ހިމެނެ އެވެ.

ރާނީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން ލަންޑަނަށް ގޮސްފައިވާއިރު ޖަނާޒާގައި ވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން ބައިވެރިވެ އެވެ. މި ޖަނާޒާގައި ރައީސް އިބްރާހީމް މުހައްމަދުގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގަތެވެ.

ރާނީ އެލިޒެބަތުގެ ސަންދޯން ކާރެއްގައި ގެންދަނީ ފޮޓޯ: ޖަމީލު - ހުރިހާ

ވިންޑްސާގައި ރާނީ ފަސްދާނުލެވޭނީ ފިރިކަލުން ޑޫކް އޮފް ޔޯކް ޕްރިންސް ފިލިޕްއާއެކުގަ އެވެ. ރާނީއާއެކު ފަސްދާނުލެވުމަށްޓަކައި ފިލިޕްގެ ހަށިކޮޅު ވަނީ ތައްޔާރުކުރެވިފަ އެވެ.

އެލިޒަބަތު އަވަހާރަވީ މިމަހުގެ އަށްވަނަ ދުވަހު އެޑިން ބަރާގައި ބެލްމޯރަލް ކާސަލްގަ އެވެ. އޭގެ ފަހުން އާއްމުން އެކަމަނާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްޓަކައި އެކަމަނާގެ ހަށިކޮޅު ލަންޑަނުގެ ވެސްޓް މިނިސްޓަ ހޯލްގައި ބޭއްވުނެވެ.