މާފަންނު ޕޮލިސް ސްޓޭޝަން ކައިރިއަށް ގްރޫޕަކުން އެއްވެ، ފުލުހުންނަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރުކުރީ ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓު އަމުރަކާ ނުލައި ކަމަށްވާތީ އެވެ. ކޯޓު އަމުރެއް ނެތި މީހަކު ހައްޔަރުކުރެވޭނީ ކުށުގެ ވެށިން ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވެ އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެއް ނޫނެވެ.
ވައްކަމުގެ ތުހުމަތުވާ މީހަކު ހައްޔަރު ކުރުމުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރުގެ ދީ ބިރުދެއްކި މައްސަލާގައި ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެވެ.
ފުލުހުންތަކަކަށް މާލޭގައި ދާދިފަހުން ގްރޫޕަކުން ހަމަލާދިން ހާދިސާއަކަށްފަހު ފުލުހުންނަށް އިންޒާރު ދިނުމުގެ މައްސަލަތައް ވަނީ ފެންމަތިވާން ފަށައިފަ އެވެ. އެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.
ވަގުުން ކޯޓް އަމުރު ޖެހޭނެ ގޮތް ހަދަންވީނު.