ތިބާގެ ފުރާވަރުގެ ދަރިފުޅު ސޯޝަލް މީޑިއާއަށް ތައާރަފް ކުރަން ވިސްނަން ހެއްޔެވެ؟ ޓެކްނޮލޮޖީގެ އެދުނިޔެއަށް ދަރިފުޅ ނުކުންނަން ހުއްދަ ދޭން ހިތުގައި އެބައޮތް ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އަދި ވިސްނާލާށެވެ.

މިޒާޖާއި އަޚްލާގު

ސޯޝަލް މީޑިއާއަކީ އެކި ކަހަލަ މީހުން އުޅޭ ތަނެކެވެ. ފުރާވަރުގެ އުމުރަަކީ ކުއްޖާގެ ވިސްނުން ބައްޓަން ވެގެން އަންނަ އުމުރަށް ވާއިރު މި އުމުރުގައި ކުއްޖާ އެކުވެ އުޅޭ މީހުންނަކީ އެ ކުއްޖާގެ އަޚްލާގާއި މިޒާޖަށް އަސަރު ފޯރުވާނެ ބައެކެވެ. އެހެން ކަމުން ސޯޝަލް މީޑިއާގެ ސަބަބުން ކުއްޖާ ނުބައި މަގަކަށް ދީލާލުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ރައްކާތެރިކަން

ކުރިން ވެސް ބުނިހެން ސޯޝލް މީޑިއާގައި އުޅޭ މީހުންނަކީ އެކި ކހަލަ މީހުން އުޅޭ ތަނެކެވެ. ސޯޝަލް މީޑިއާއިން ބައްދަލުވާ ކޮންމެ މީހަކީ ތިބާގެ ދަރިފުޅަށް ހެޔޮއެދޭ މީހަކަށް ނުވެދާނެ އެވެ. ނުބައި ނިޔަތެއްގަައި މި ޕްލެޓްފޯމް ބޭނުންކުރާ މީހުން ކިތަންމެހާވެސް ގިނަ އެވެ. ތިބާގެ ދަރިފުޅަކީ އަންހެން ކުއްޖެއް ނަމަ މި ނުރައްކާ ވަކިން ބޮޑެވެ.

އެހެން މީހުންނާ އޮންނަ ގުޅުން

ސޯޝަލް މީޑިއާއަކީ މީހުންނަށް ފާޑުކިޔައި އެހެން މީހުންގެ ކަންކަމަށް ބަސްބުނަން ލިބޭ ފުރުސަތެކެވެ. މިކަމުގެ ސަބަބުން ޅަ އުމުރުގައި ކުއްޖާ ބުލީގެ ޝިކާރައަކަށްވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވެސް ގެއްލި ކުރިއަށް އޮތް ތަނުގައި ދިމާވާ މީހުންނާއެކު އޮންނަ ގުޅުމަށް ވެސް އަސަރު ކުރުވަ އެވެ.