އަންނަ މަހަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ރިލީޒް ކުރުމަށް ނިންމާފައިވާ މަހެކެވެ. އަދި އެމަހުގެ 14 ވަނަ ދުވަހަކީ އެއް ފަހަރާ ތިން ފިލްމެއް ސިނަމާތަކުގައި ރިލީޒްކުރާނެ ދުވަހެކެވެ.
އެއް ދުވަހެއްގައި ތިން ފިލްމެއް ރިލީޒް ކުރެވިގެންދާނެއިރު މިތަނުން ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ލިބިގެންދާނީ ކޮން ފިލްމަކާ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. މިތިން ފިލްމަކީ ތަފާތު ތިން ވައްތަރެއްގެ ފިލްމަކަށްވާއިރު ބެލުންތެރިން އެންމެ ބަލައިގަންނާނީ ކޮން ވައްތަރެއްގެ ފިލްމެއްކަން މިފަހަރު އެކިގެންދާނެ އެވެ.
އޮކްޓޯބަރު 14 އަށް ތާވަލުކޮށްފައި އޮތް ތިން ފިލްމަށް ބަލާ އިރު، މިއީ މަޝްހޫރު ތަރިންތަކެއްގެ ތަފާތު ޖޯންރާތަކެއްގެ ފިލްމުތަކެއް ވެސް މެ އެވެ. އެހެންވެ ފަހަރުގައި ތިން ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ ތިން ފިލްމަށް ވެސް ވެދާނެ އެވެ.
ޑޮކްޓަރު ޖީ
އަންނަ މަހުގެ 14 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ޑޮކްޓަރު ޖީ" އަކީ އަޔޫޝަމް ކްރާނާ އަންހެނުންގެ ޑޮކްޓަރެއްގެ ރޯލު ކުޅެފައިވާ ފިލްމެކެވެ. ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ މި އެކްޓަރަކީ އަބަދު ވެސް ވަރަށް ތަފާތު ކޮންޓެންޓްގެ ފިލްމުތައް ކުޅޭ ތަރިއަކަށްވާތީ މި ފިލްމަށް ކުރެވޭ އުންމީދުތައް ބޮޑެވެ.
މި ފިލްމްގައި އަޔުޝްމާންގެ އިތުރުން ފެނިގެންދާނީ ޝެފަލީ ޝާހް އާއި ރަކުލް ޕްރީތު ސިންގް އެވެ. ޖަންގްލީ ޕްރޮޑަކްޝަންގެ ފަރާތުން ގެނެސްދޭ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަނުބުތީ ކަޝްޔަޕް އެވެ.
ޑަބަލް އެކްސްއެލް
އިނގިރޭސިވިލާތުގައި އެއްކޮށްހެން ޝޫޓްކުރި "ޑަބަލް އެކްސް" އާދަޔާހިލާފު ފަލަ ދެ އަންހެނަކަށް އޭގެ ސަބަބުން ކުރިމަތިވާ ހެއްވާ މަޖާ ކަންތައްގަނޑެއް ފެނިގެންދާނެ ފިލްމެކެވެ. މިފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ ހުމާ ގުރޭޝީ އާއި ސޮނާކްޝީ ސިންހާ އެވެ. އަދި ސޮނާކްޝީގެ ލޯބިވެރިޔާ ކަމަށް އަޑު އަރާފައިވާ ޒަހީރު އިގްބާލުވެސް ފެނިގެންދާނެ އެވެ.
ސަތުރާމް ރަމާނީ ޑައިރެކްޓްކުރާ މި ފިލްމު އަންނަ މަހުގެ 14 ގައި ރިލީޒްކުރާނެ އެވެ.
ކޯޑް ނޭމް: ތިރަންގާ
ވަތަނީ ފިލްމެއްގެ ގޮތުގައި އަންނަ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަ "ކޯޑް ނޭމް: ތިރަންގާ" އަކީ ޕަރިނީތީ ޗޯޕްޅާ އެކްޝަން ރޯލަކުން ފެންނިގެންދާނެ ފިލްމެކެވެ. މީގެ ބަތަލަކީ މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ ހާޑީ ސަންދޫ އެވެ.
ޓީ ސީޒީޒުން ޕްރޮޑިއުސްކުރި ފިލްމުގެ ވަރަށް ބޮޑު ބައި ތުރުކީގައި ޝޫޓްކޮށްފައިވާ އިރު މީގެ ޑައިރެކްޓަރަކީ ރިބޫ ދާސްގުޕްތާ އެވެ. އޮކްޓޯބަރު 14 އަށް ތިން ފިލްމެއް ތާވަލުކޮށް، އޭގެ ޕްރޮމޯޝަންތައް މިހާރު ކުރިއަށްދާ އިރު، ފަހަރުގައި މީގެ ތެރެއިން ބައެއް ފިލްމުތަކުގެ ތާރީހަށް ބަދަލު އައުމަކީ ވެސް ވުން ގާތް ކަމެކެވެ.