ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުން ދިގު މުއްދަތަކަށް ދެމިގެން ދިއުމުގެ ފަހަތުގައި އެންމެ މުހިންމު ރޯލެއް ކުޅޭ އެކައްޗަކީ ކައިވެނިކުރާ ދެ މީހުންގެ އުމުރު ކަމަށް ސައިންސްވެރިން ބުނެ އެވެ.
ފަހުގެ ދިރާސާތަކުން އަދި ތަޖުރިބާކާރުންގެ ވާހަކަތަކުން ވެސް އެންމެ ރަނގަޅު އުމުރެއް ކަމަށް ދައްކަނީ 28 އަހަރާއި 32 އަހަރާ ދެމެދެވެ. ކައިވެނީގެ ފުރަތަމަ ފަސް އަހަރު ދެ މީހުންގެ ގުޅުން ހަރާބުވެ ދެ މީހުން ވަރިވާން ބޭނުން ނުވާ ނަމަ 28 އަހަރާއި 32 އަހަރާ ދެމެދުގެ ހިސާބެއްގައި ކައިވެނިކުރުން ވަރަށް ވެސް ބުއްދިވެރި ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ސައިންސްވެރިން ބުނާ ގޮތުން ނަމަ އުމުރުން 28 އަހަރާއި 32 އަހަރާ ދެމެދުގެ އުމުރުގައި މީހުން ލޯބި ސިފަކުރާ ގޮތް ތަފާތެވެ. ދެ މީހަކަށް އެކުގައި އުޅެވިދާނެކަން އަމިއްލަ އަށް ދިރާސާކޮށްލުމުގެ ގާބިލުކަމާއި މީހަކާ އެކު ފޫހިނުވެ އުޅެވިދާނެކަމުގެ އިހްސާސް ވެސް އެންމެ ރަނގަޅަށް މި ހިސާބުގައި ކުރެވޭނެ އެވެ.
މިއީ ލޯބީގައި ކަނުކޮށްލާ ޒާތުގެ ހޯމޯންސްތަކުން ވެސް ސިކުނޑި ފުދޭވަރަކަށް މިިނިވަންކޮށް ތާޒާކޮށްލާ ހިސާބަކަށްވީމަ އެވެ. އެހެންކަމުން ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިއީ ކައިވެންޏެއް ފަށަން ވިސްނާ ނަމަ އެންމެ ބުއްދިވެރި އުމުރު ކަމަށެވެ.
މީގެ އިތުރުން 32 އަހަރުން މައްޗަށް ނުދިއުން ވެސް އެހާމެ މުހިންމުވެ އެވެ. ވަކިން ހާއްސަކޮށް ދަރިން ހޯދައިގެން އާއިލާއެއް ބޮޑުކުރުމަށް ވިސްނާ ދެ މީހަކު ނަމަ އުމުރުން މާ ދުވަސް ވަންދެން މަޑުކޮށްގެން ނުވާނެ އެވެ.