ކީވް (02 އޮކްޓޯބަރު) - ރަޝިއާއިން ހިފާފައިވާ އިތުރު ސަރަހައްދުތައް އެއް ހަފްތާގެ ތެރޭގައި ޔޫކްރެއިންގެ ބާރުގެ ދަށަށް ގެނެވޭނެ ކަމަށް އެ ގައުމުގެ ރައީސް ވްލަޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ޒެލެންސްކީ މިހެން ވިދާޅުވެފައި މިވަނީ އިރުމަތީ ޔޫކްރެއިންގެ ޑޮނެސްކްއާއި ކޭރްސަން ހިމެނޭހެން ހަތަރު ސަރަހައްދަކީ ރަޝިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކެއް ކަމަށް ރަޝިއާއިން ރަސްމީކޮށް އިއުލާން ކޮށްފައި ވަނިކޮށެވެ.
މިދިޔަ ހުކުރު ދުވަހު ރަޝިއާއިން މި އިއުލާން ކުރިފަހުން ޔޫކްރެއިންއިން ވަނީ އިރުމަތީ ޔޫކްރެއިންގެ ލައިމާން ސިޓީ ފަތަހަ ކޮށްފަ އެވެ. އެ ސަރަހައްދުގައި ޔޫކްރެއިން ދިދަ ވިހުރުވާ މަންޒަރު ފެންނަ ވީޑިއޯތައް ޑިފެންސް މިނިސްޓްރީއިން ވަނީ އާއްމުކޮށްފަ އެވެ.
މި ސަރަހައްދުން ރަޝިއާގެ ސިފައިން ފައިބާފައިވާކަން އެ ގައުމުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
"މި ހަފްތާ ތެރޭގައި ޑޮންބަސްގެ އިތުރު ސަަރަހައްދުތަކުގައި ޔޫކްރެއިންގެ ދިދަ އަލުން ވިހުރާލެވޭނެ،" ޒެލެންސްކީ ވިދާޅުވި އެވެ.
ޒެލެންސްކީ އިތުރަށް ވިދާޅުވީ ރަޝިއާގެ މިހާރުގެ ރައީސް ލަމިޑިއާ ޕުޓިން އެ ގައުމުގެ ވެރިކަމުގައި ހުރިހާ ދުވަހަކު މަޝްވަރާގެ މޭޒަށް ނާގާނެ ކަމަށެވެ.