ވޮޝިންޓަން (04 އޮކްޓޯބަރު) - ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ކުރި ޓްވީޓަކާއެކު ޓެސްލާގެ ވެރިޔާ އިލަން މަސްކް ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
އިލަން ކުރި ޓްވީޓުގައި އޭނާ ބުނެފައިވަނީ ރަޝިއާއާއެކު ސުލްހަވެރި އެއްބަސްވުމަކަށް އައުމަށް ޔޫކްރެއިނުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މި ޓްވީޓާއެކު އިލަންއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ޔޫކުރެއިން ރައްޔިތުންގެ އިތުރުން އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ހިމެނެ އެވެ.
ޓްވީޓުގެ އިތުރުން އިލަން ވަނީ އިރުމަތީ ޔޫކްރެއިންއިން ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ސަރަހައްދުތަކުގެ ރައްޔިތުން އުޅެން ބޭނުންވަނީ ރަޝިއާގައިތޯ ނުވަތަ ޔޫކްރެއިންގައި ތޯ އަހައި ޕޯލެއް ހަދާފަ އެވެ.
ރަޝިއާއަށް ތާއީދުކުރާފަދަ މޭރުމަކުން އިލަން ކޮށްފައިވާ ޓްވީޓްތަކަކީ އޭނާގެ ވިޔަފާރިތަކަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.
މި ޓްވީޓަށް ރައްދު ދެމުން ޔޫކްރެއިންގެ ރައީސް ވެސް ވަނީ އާއްމުން ބޭނުންވަނީ އިލަން މަސްކް ޔޫކްރެއިންއަށް ތާއީދު ކުރުންތޯ ނުވަތަ ރަޝިއާއަށް ތާއީދު ކުރުންތޯ އައްސަވައި ޕޯލެއް ހަދައިފަ އެވެ.
ޓްވިޓާގެ މި ހަނގުރާމައަކީ ޔޫކްރެއިން މައްސަލައާ ގުޅިގެން އެންމެ ވައިގައި ހިފި އެއް ހަނގުރާމަ އެވެ. -- އަލް އަރަބިއްޔާ
ބަރާބަރު ވަހަކަ އެއް މިފަހަރު ތިވިދާޅުވީ އެލަނަމަސްކު ސާހިބު. ނޫންނަމަ މިކަން ހައްކު ނުވެ ޔުކުރެްއިން ގެ ދެން އޮތް ބައިވެސް ރަޗިޔާގެ ބާރުގެ ދަށައް ދާނީ