ގިނައިރު ފޯނު، ޓެބުލެޓް ފަދަ އެއްޗެއްސާ ކުޅޭ ކުދިންގެ ނިދި އާދަޔާ ޚިލާފަށް މަދުވާ ކަމަށް ދިރާސާއެއްގެ އަލީގައި ތަޖުރިބާކާރުން ބުނެފި އެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުގައި އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ ކުދިން ފޯނު ފަދަ ތަކެއްޗާއ ކުޅޭ ކޮންމެ ގަޑިއިރަކުން ރޭގަނޑުުގެ ނިދިން 15 މިނެޓް އެކުދިންނަށް މަދުވެ، ދުވާލު ގިނަ ވަގުތު ނިދާނެ ކަމަށެވެ.

އޭގެ އިތުރުން ފޯނު ފަދަ ތަކެތި ކުޅުމުން އެކުދިންގެ ބައެއް ކަންކަން ރަނގަޅުވާ ފަދައިން ހެދިބޮޑުވުމުން ދުރުކޮށްދޭ ކަމަށެވެ. އެގޮތުން އަބަދު ފޯނު ފަދަ ތަކެއްޗާ ކުޅުމުން އެކުދިންނަށް ފޯނުން ގިނަ ކަންކަން ދަސްވެ އަތްފައިގެ މަސައްކަތް އިތުރުވެ އެވެ. ނަމަވެސް ހަމަ އެކަމުން ލޮލުގައި ރިއްސާ އެހެނިހެން ސިއްހީ މައްސަލަތައް އިތުރުވެ ނިދުމާ ދުރުކޮށްދެ އެވެ.

އމި އުމުރަކީ އެކުދިން ރަނގަޅަށް ހެދި ބޮޑުވަމުން އަންނަ ދުވަސްވަރު ކަމުން ނިންޖަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ކޮންމެ މިނެޓްއަކީ ވެސް އެހާ ބޭނުންތެރި އެއްޗެއް ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.

ލަންޑްންގެ ޔުނިވާސިޓީއެއް ކަމަށްވާ ބާކްބެކްއިން ވަނީ ތިން އަހަރުން ދަށުގެ ކުދިންގެ 715 ބެލެނިވެރިން ބައިވެރިިކޮށްގެން ސާވޭއެއް ހަދާފަ އެވެ. އެ ސާވޭއިން އެގިގެން ދިޔަގޮތުގައި ތިން އަހަރުން ދަށުގެ 75 ޕަސެންޓް ކުދިން ފޯނު ފަދަ ތަކެއްޗާ އާދައިގެ މަތިން ކުޅޭ ކަމަށެވެ. އަދި ހަ މަހާއި 11 މަހާއި ދޭތެރޭގެ 51 ޕަސެންޓް ކުދިން ހިމެނޭއިރު ދެ އަހަރާއި ތިން އަހަރާއި ދޭތެރޭގެ 92 ޕަސެންޓް ކުދިން ޓަޗް ސްރީން ހިމެނޭ އެއްޗެހި ބޭނުންކުރެ އެވެ.

މީގެ އިތުރުން އެ ނޫހަށް މައުލޫމާތު ދެމުން ދިރާސާގައި އިސްކޮށް އުޅުއްވި ޑރ ޓިމް ސްމިތް ބުނިގޮތުގައި ކުޑަކުދިން ދުވާލާއި ރޭގަނޑު މުޅިއްކު 10 އަކާއި 12 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް ނިދަން ޖެހޭނެ ކަމަށެވެ.

ފޯނުފަދަ ތަކެތި ދިނުމުގެ ބަަދަލުގައި ވަކި ވަގުތަކަށް ޓީވީ ދެއްކުން ރަނގަޅު ކަމަށާއި ނިދަން ކައިރިވާ ވަގުތު އެފަދަ ތަކެތި ވެސް ނުދެއްކުމަށް ޑރ. ޓިމް ވަނީ ބުނެފަ އެވެ.