ނ. ވެލިދޫގައި ވަޅިހެރުމުގެ ސަބަބުން ޕެރަލައިޒްވި ޒުވާނަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އެބަދެ އެވެ.
ވެލިދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ ރޭ ހިނގި އެ މާރާމާރީގައި އަނިޔާ ލިބުނު މީހާގެ އެއް ފައި ޕެރަލައިޒްވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ ވެލިދޫގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 12:30 ކަމަށެވެ.
އެ މާރާމާރީގައި ޒަހަމްވި ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީއާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.