މިއަދު މި ގެނެސްދެނީ ހަދާލަން ފަސޭހަ ހުކުރު ދުވަހުގެ މެންދުރު ސުފުރާއަށް ހަމަ އެންމެ ކަމުދާނެ ކެއުމެކެވެ. މި ކެއުން މިއަދުގެ މެންދުރުގެ ކެއުމުގައި ހިމަނާލުން ކިހިނެއްވާނެތޯ އެވެ.
ބޭނުންވާ ތަކެތި
- 1 ޕެކެޓް ނޫޑްލްސް (ކައްކާފައި)
- 2 ސަމުސާ ތެޔޮ
- 5 ލޮނުމެދު (ކުދިކޮށް ކޮށާފައި)
- 1 ފިޔާ (ކޮށާފައި)
- 1 ކެރެޓް (ދިގުކޮށް ކޮށާފައި)
- 5 ބީންސް (ދިގުކޮށް ކޮށާފައި)
- 2 ސަމުސާ ބްރައުން ޝުގާ
- ¼ ޖޯޑު ސޯޔާސޯސް
ތައްޔާރުކުރާނެ ގޮތް
- ފުރަތަމަ ތަވާ އުދުން މައްޗަށް އުދާ ތެޔޮފޮދު އަޅާށެވެ. ތެޔޮ ފޮދު ހޫނުވުމުން ފިޔާ ލޮނުމެދު އަޅާ މޯޅި ވަންދެން ހާކާލާށެެވެ.
- އެއަށްފަހު ކެރެޓުކޮޅާއި ބީންސްކޮޅު އަޅާ އެއްކޮށްލުމަށްފަހު ބްރައުން ޝުގާ އަދި ސޯޔާސޯސް އަޅާ އެއްކޮށްލާށެވެ. ދެން
- ތިން މިނެޓެއްހާއިރު ކައްކާލުމަށްފަހު ނޫޑްލްސް ކޮޅު އަޅާ އެއްކޮށްލާށެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ގަބޫލެއް ނުކުރާނަން: އަނުޕަމް
ބޮލީވުޑްގައި "ފިރިހެނުން" ނޫޅޭ ކަމަށް އަޖޭ ބުނީ ކީއްވެ؟
ޖަޕާނުގެ ސަފީރަކަށް މަހުލޫފް ކަނޑައަޅަނީ