"ހުރިހާ" އަދި "މޯލްޑިވްސް ބިޒްނަސް ސްޓެންޑާޑް"ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ހުށަހަޅާއިރު "ފުލް ޓައިމް" ނުވަތަ "ޕާޓް ޓައިމް" ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ވެސް ހުށަހެޅި ދާނެ އެވެ. އަދި ތަޖުރިބާ އާއި ހުނަރާއި މަސައްކަތުގެ އަޚުލާގަށް ބަލައި ވަޒީފާ ދިނުމުގައި އިސްކަންދެވޭނެ އެވެ.

ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ކުރިމަތިލާ ފަރާތަކީ މަސައްކަތަށް ޝައުގުވެރިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި މީހަކަށް ވާން ވާނެ އެވެ. އަދި ރަށުން ބޭރަށް ދަތުރުކުރެވޭ މީހަކަށް ވެސް ވާން ވާނެ އެވެ.

ހުޅުވާލާ ދާއިރާތައް

  1. ލޯކަލް ނިއުސް
  2. ވޯލްޑް ނިއުސް
  3. ވިޔަފާރި އާއި އިގްތިސާދު
  4. ލައިފް ސްޓައިލް އަދި އެންޓަޓެއިންމަންޓް

ނޫސްވެރިއެއްގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކަށް ތަމްރީނު ދެވޭނެ އެވެ. އަދި މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގައި މަސައްކަތުގެ ތަޖުރިބާ އާއި ފެންވަރަށް ބެލޭނެ އެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް ސީވީ ފޮނުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 7770670 އަށް ގުޅުއްވުން އެދެމެވެ.