ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ޓްވިޓާ ބޭނުންކުރުން ހުއްޓާލައިފި އެވެ.

ކަރަންގެ ޓްވިޓާ އެކައުންޓްއިން އެންމެ ފަހުން ކުރި ޓުވީޓްގައި ބުނެފައި ވަނީ ޓްވީޓާ ބޭނުންކުރުން ހުއްޓާލަނީ ""ޕޮޒިޓިވިޓީ" އަށް ޖާގަ ދިނުމަށް ކަމަށެވެ. އެއަށްފަހު ޓްވީޓް ނިންމާލައިފައި ވަނީ "ގުޑްބާއި ޓްވީޓާ" ޖެހުމަށްފަހު އެވެ.

ވަކި ބަޔަކަށް ފައިދާވާ ގޮތަށް ވަކި ބަޔަކު ކުރިއެރުވުމަށް މަސައްކަތްކުރާ ޑައިރެކްޓަރެއްގެ ތުހުމަތު ކަރަންގެ ބޮލުގައި ގިނަ ބަޔަކު ވަނީ އަޅުވައިފަ އެވެ. އަދި ކުރީގެ ސްޓާރުންގެ އެކްޓްކުރަން ނޭނގޭ ދަރިން ބޮލީވުޑަށް ނެރެ އޭނާގެ ނުފޫޒުން އެ ކުދިންނަށް މަސައްކަތް ހޯދައި ދޭކަމަށް ވެސް ވަނީ ގިނަ ބަޔަކު އިއްތިފާގުވެފައި އެވެ.

ނަމަވެސް މީ ކަރަން ގެ ކުރިއަށް އޮތް ފިލްމް "ބްރަމާސްތުރާ" ގެ ދެވަނަ ބަޔަށް ސަމާލުކަން ދިނުމަށް ކުރި ކަމެއް ކަމަށެވެ. އަދި އޭނާއަށް މާގިނަ ދުވަހުގައި ޓްވިޓާއާ ދުރުގައި ނުހުރެވޭނެ ކަމަށް ވެސް ބުނެ އެވެ.

މީގެ ކުރިން ކަރަންގެ ޝޯ "ކޮފީ ވިތު ކަރަން 7" ގައި ކަރަން ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް ދިމާކޮށް އެކި ކަހަލަ ވާހަކަ ދައްކާފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދައްކާފަ އެވެ،

ކަރަންގެ ޓްވީޓާ

ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ކަރަން ހާމަކޮށްފައިވާ ގޮތުގައި އިންޑަސްޓްރީގެ ތެރޭގައި ބޮކްސް އޮފީހުގައި ބްރަހަމަސްތްރާ ފެއިލްވާ ތަން ދެކެން ބޭނުންވާ ބަޔަކު އެބަ ތިބި ކަމަށެވެ.