ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުޙައްމަދު އަޒްހާންގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި އެވެ.
އޭނާގެ ޕޯސްޓްމޯޓަމް ހެދީ އިންޑިއާއިންނެވެ. މާދަމާ ހުކުރު ނަމާދަށްފަހު އަޒުހާންގެ ޖަނާޒާ އާސަހަރާ މިސްކިތުގައި ބާއްވަން ވަނީ ނިންމާފަ އެވެ.
އަޒުހާންގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ ހުޅުމާލޭގައި ހުންނަ ވޯޓާ ޕާކް ކުރިމަތީގައިވާ ހުސް ބިމުންނެވެ.
ފުލުހުންނަށް އެ ހަށިގަނޑު ފެނުނު އިރު، އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އުމުރުން 27 އަހަރުގެ އަޒްހާން ގެއްލިގެން ރިޕޯޓްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ފޭސް ދޭކުންނެވެ.
ވޯލްޑް ކަޕްގައި އީރާނަށް ކުޅެވޭނެ، އެއްވެސް ހުރަހެއް ނެތް: ރޫބިއޯ
ޒުވާންކޮށް ހުރުމަށް މާފަސޭހަ ގޮތެއް!
އާލިއާ ބޭނުންވަނީ ރަހާ އެތުލީޓަކަށް ވާން
