ސްޓެލްކޯގެ ހަތަރު މުވައްޒަފަކު ޖަރުމަނުވިލާތުގެ އެމްއޭން މައިން އިންޖީނު ސްޓޭންޑާޑް އެންޑް އެޑްވާންސް ތަމްރީން ޕްރޮގްރާމް ފުރިހަމަ ކޮށްފި އެވެ.
ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިމަހުގެ 17 އިން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯގެ ހަތަރު މުވައްޒަފުން ޖަރުމަނުވިލާތުގެ އެމްއޭން މައިން އިންޖީނު ސްޓޭންޑަރޑް އެންޑް އެޑްވާންސް ތަމްރީން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެ ތަމްރީނުގެ ސަބަބުން އިންޖީނުތައް ރަނގަޅު ކޮންޑިޝަންގައި މެއިންޓެއިންކޮށް ބެލެހެއްޓުމަށް މުވައްޒަފުން އިތުރަށް ހުނަރުވެރިވެގެން ދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
"މި ތަމްރީނުގެ ސަބަބުން އިންޖީނުތައް ރަނގަޅު ކޮންޑިޝަންގައި މެއިންޓެއިންކޮށް ބެލެހެއްޓުމަށް މުވައްޒަފުން އިތުރަށް ހުނަރުވެރިވެގެން ދާނެ،" ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހަތަރު އަތޮޅަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެކި ގައުމުތަކަށް ފޮނުވައިގެން އެފަރާތްތަކަށް ގިނަ ތަމްރީން ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ. އެ ޕްރޮގްރާމްތަކުގެ ތެރެއިން އެކި ދާއިރާތަކުން ތަޖުރިބާކާރުންގެ އެހީތެރިކަން އެފަރާތްތަކަށް އަންނަނީ ފޯރުކޮށްދެމުންނެވެ.
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ
ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާނުންނަށް ލޯނެއް
ހުޅުމާލޭގައި މަގު ފާރަވެރިން ބައިތިއްބަން ނިންމައިފި