ބޮލީވުޑްގެ މަޝްހޫރު ތިން ތަރިން ކަމަށްވާ، އަކްޝޭ ކުމާރާއި ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލް އެކުގައި ފެނުނު ފިލްމު "ހީރާ ޕެރީ"ގެ ތިން ވަނަ ފިލްމުގައި މިހާރު އެންމެ ޑިމާންޓް ބޮޑު އެކްޓަރު ކާތިކް އާރްޔަން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ހީރާ ޕެރީ 3" ކާތިކް ފެނިގެންދާނެ ކަމަށް ޔަގީން ކޮށްދީފައިވަނީ މީގެ ކުރިން "ހީރާ ޕެރީ"ގައި ފެނިގެންދިޔަ މަޝްހޫރު އެކްޓަރު ޕަރޭޝް ރާވަލް އެވެ.
"ހީރާ ޕެރީ"ގެ މިހާތަނަށް ނެރފައިވާ ދެ ފިލްމަކީވެސް ބެލުންތެރިން މެދުގައި ވަރަށް މަގުބޫލު ދެ ފިލްމެވެ.
"ހީރާ ޕެރީ"އަށް ކާތިކް ގުޅިފައިވާއިރު ދެން ފިލްމުގައި ފެނިގެންދާނެ ތަރިންއަކީ ކޮބައިކަމާއި މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކަތިކް ފެނިގެންދާނީ އަކްޝޭގެ ބަދަލުގައި އެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުަގައި ތިން ވަނަ ބައިން އަކްޝޭ އަށް ފުރުސަތު ނުދޭން ނިންމީ އޭނަ ފީއަކަށް 90 ކްރޯޑް ރުޕީސް ޑިމާންޑްކުރުމާ ގުޅިގެންނެވެ. އަދި ކާތިކް 30 ކްރޯޑަށް ފިލްމަށް އެއްބަސްވާން ތައްޔާރަށް ހުރި ކަމަށް ބުނެފައިވާތީ އާއި އޭނަ އަކީ މިހާރު ބޮލީވުޑްގެ ވަރަށް ހިނގާ ތަރިއަކަށްވާތީ އަކްޝޭ ދޫކޮށްލައި، ކާތިކާ އެކީ ފިލްމު ހަދައިފި ނަމަ މާ ބޮޑަށް ވެސް ކާމިޔާބުވާނެ ކަމަށް ޕްރޮޑިއުސަރަށް ގަބޫލުރެވޭތީ އެވެ.
އެހެން ނަމަވެސް "ހީރާ ޕެރީ"ގެ ސަޕޯޓަރުންނާއި އަކްޝޭގެ ސަޕޯޓަރުން ވަނީ އަލުން އަބުރާ އެފިލްމަށް އަކްޝޭ ގެނައުމަށް ގޮވާލާ ކެމްޕޭނެއް ސޯޝަލް މީޑިއާގައި ފަށާފަ އެވެ.
ކާތިކް އާރްޔަން އެންމެ ފަހުން ފެނިގެންދިޔައީ “ބޫލް ބުލައްޔާ 2” އިންނެވެ. މި ފިލްމް ވެފައިވަނީ 2022 ވަނަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ. މިފިލްމުގެ ފުރަތަމަ ފިލްމުގައި ފެނިގެން ގޮސްފައިވަނީ އަކްޝޭއަށް ފާހަގަ ކޮށްލެވެ އެވެ.
ކާތިކް ކުރިއަށް އޮތް ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރާ "ފްރެޑީ" އެވެ.