ވޮޝިންޓަން (15 ނޮވެމްބަރު) - ދުނިޔޭގެ އާބާދީ 8 މިލިއަން މީހުންނަށް ވުރެ އިތުރުވެފައިވާ ކަމަށް އދ. ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެއް ބިލިއަން މީހުން އާބާދީއަށް އިތުރުވެފައި މިވަނީ އެންމެ 11 އަހަރު ތެރޭގައި ކަމަށް އެ ޖަމާއަތުން ފާހަގަ ކޮށްފައިވެ އެވެ. 2011 ވަނަ އަހަރު ދުނިޔޭގެ އާބާދީ ހުރީ 7 ބިލިއަންގަ އެވެ.

މިއީ އެއްގޮތަކުން ބަލާއިރު އިންސާނީ ނަަސްލަށް ލިބުނު ކާމިޔާބެއް ނަމަވެސް ކުރިއަށް އޮތް ތަނުގައި އާބާދީ ބޮޑު ވުމުގެ ސަބަބުން ގިނަ ގޮން ޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވެސް އދ. އިން ބުނެ އެވެ.

އެގޮތުން އާބާދީ އިތުރުވާ ވަރަކަށް ކާބޯތަކެއްޗާއި ބޯފެނުގެ ކުރިމަތިވާނެ ކަމަށާއި ފަގީރުކަން އިތުރު ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އދން ބުނެފައިވެ އެވެ.

"އާބާދީއަށް އިތުރުވާ ކޮންމެ މީހަކީ ވެސް ބޯފެނާއި ކާނާ ބޭނުންވާނެ މީހެއް. އެހެން ކަމުން ކަބޯތަކެއްޗާއި ބޯފެނުގެ ދަތިކަން ކުރިމަތިވުން ވަރަށް ގާތް،" އދ. ގެ ރިޕޯޓުގައިވެ އެވެ.

11 އަހަރު ތެރޭގައި ދުނިޔޭގެ އާބާދީ އެއް ބިލިއަން އިތުރުވި އިރު މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކެވެ. އެމެރިކާ، ޖަޕާން އަދި ޗައިނާގައި ވެސް އަލަށް ކުދިން އުފަންވާ މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ.

އާބާދީ އިތުރުވާ ވަރަކަށް މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރު ވެސް ބޮޑުވަމުން އަންނާނެ ކަމަށް އދ. އިން އިންޒާރު ދީފައިވެ އެވެ. -- އަލް އަރަބިއްޔާ