އަހަރެމެންގެ ތެރެއިން ގިނަ ބަޔަކީ އެހެން ގައުމުތަކަށް ދަތުރުކޮށް އެގައުމުތަކުގެ ސަގާފަތާއި އާދަކާދަ ބަލާލަން ބޭނުންވާ ބަޔެކެވެ. އެގޮތުން އަހަރެއްގެ މައްޗަށް އެތަށް ބަޔަކު އެކި ގައުމުތަކަށް ޒިޔާރަތް ކުރެ އެވެ. އެންމެ ގިނައިން މީހުން ދަތުރު ކުރާ ގައުމުތަކަށް ބަލާލަމާ ހެއްޔެވެ؟

ފްރާންސް

ފްރާންސަށް އަހަރެއްގެ މައްޗަށް 78 މިލިއަން މީހުން ޒިޔާރަތް ކުރެ އެވެ. ހާއްސަކޮށް ފްރާންސްގެ ވެރިކަންކުރާ ރަށް ޕެރިސްގައި ވާ އައިފިލް ޓަވަރު ދެކިލުމަށް ގިނަ ބަޔަކު ޒިޔާރަތް ކުރެ އެެވެ. ގިނަ ބައެއްގެ މެދުގައި ފްރާންސް މަޝްހޫރު ވެފައިވަނީ ފެޝަނާއި އެގައުމުގެ ސަގާފަތާއި އަދި ތާރީހަށްޓަކަ އެވެ.

އެމެރިކާ

ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ މީހުން ދަތުރުކުރާ ގައުމަކީ އެމެރިކާއެވެ. އަދި ނިސްބަތުން ބަލާއިރު ފަތުރުވެރިކަމުން އެންމެ ބޮޑު އާބާދީއެއް ހޯދަނީވެސް އެމެރިކާ އެވެ. އެމެރިކާއަކީ ގިނަ ސަގާފަތްތަކެއް އެކުލެވޭ ގައުމެކެވެ.

ޗައިނާ

ޗައިނާގެ ސަގާފަތާއި އުސޫލުތަކަކީ ގިނަ ބަޔަކަށް އެނގޭނެ އެއްޗެެކެވެ. އެންމެ ތަފާތު ސަގާފަތެއް އޮންނަ ގައުމަކަށް ޔަގީނުންވެސް ޗައިނާ ވާނެ އެވެ. އެގޮތުން ޗައިނާއަށް އަހަރެއްގެ މައްޗަށް 56 މިލިއަން މީހުން ޒިޔާރަތް ކުރެ އެވެ. ހާއްސަ ކޮށް ޗައިނާގެ ބޮޑު ފާރަކީ އެގައުމަށް ޒިޔާރަތް ކުރާ ފަރާތަކުގެ މެދުގައި މަގުބޫލް ތަނެކެވެ.

ސްޕެއިން

ސްޕެއިން މަޝްހޫރުވެފައިވަނީ ފުޓްބޯޅައިންނެވެ. އަހަރެއްގެ މައްޗަށް ސްޕެއިންނަށް އަހަރެއްގެ މައްޗަށް 53 މިލިއަން މީހުން ޒިޔާރަތް ކުރާއިރު އެގައުމުގެ ކެނެރީ އައިލެންޑް އަކީ މަޝްހޫރު ތަނެކެެވެ.

އިޓަލީ

އިޓަލީއަކީވެސް ގިނަބައެއްގެ މަގުބޫލު މަންޒިލެކެވެ. ވޯލްޑް ހެރިޓޭޖް ލިސްޓްގަހިމެނޭ 50 އަށްވުރެ ގިނަ ތަންތަނާއި ބިނާތައް އިޓަލީގައި ހުރެ އެވެ. ގިނަ ބަޔަކު އެ ގައުމަށް ދަތުރުކުރަނީ، ސަގާފީ މުއްސަނދިކަން ބަލާލުމަށާއި އިޓަލީގެ ރަހަތަކަށް އިންސާފު ކޮށްލުމަށެވެ. އަދި އިޓަލީގެ މޫސުމަކީވެސް ގިނަ ފަތުރުވެރިން އެ ގައުމު ހިޔާރުކުރާ ސަބަބެކެވެ.