ސައިފް އަލީ ހާނާއި އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހިމް އަލީ ހާން ވަރަށް އަވަހަށް ބޮލީވުޑަށް އެކްޓަރެއް ގޮތުގައި ނިކުތުމަށް ތައްޔާރުވެއްޖެ އެވެ.

އިބްރާހިމް ބޮލީވުޑަށް ތައާރަފް ކުރެވިގެންދާ ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސް އިން އުފައްދާ އަސްކަރީ ފިލްމެކެވެ.

އަންނަ އަހަރު މަސައްކަތް ފަށަން ނިންމާފައިވާ ފިލްމު ޑައިރެކްޓު ކުރާނީ އެކްޓަރު ބޯމަން އިރާނީގެ ދަރިފުޅު ކަޔޯޒް އިރާނީ އެވެ.

އިބްރާހިމަކީ މިހާރު ވެސް ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. އެގޮތުން މިހާރު ކަރަން ޖޯހަރު އުފައްދަމުން އަންނަ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އަންނަނީ ހަރަކާތެރިވަމުންނެވެ. އާލިޔާ ބަޓް އާއި ރަންވީރު ސިންގު ލީޑުން ފެންނާނެ އެ ފިލްމަކީ ހަތް އަހަރަށް ފަހު ކަރަން ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ.

ސައިފް އާއި އޭނާގެ ތިން ދަރިން

ސައިފްގެ އެންމެ ދޮށީ ދަރިފުޅު ސާރާ އަލީ ހާން އަކީ މިހާރު ބޮލީވުޑްގައި ފާހަގަ ކުރެވޭ ތަރިއެކެވެ.

ސާރާ އަލީ ޚާން ބޮލީވުޑަށް ނުކުތީ 2018 ގެ "ކޭދަރުނާތު" އިންނެވެ.