ދޯހާ (23 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގައި މިރޭ ކޮސްޓަ ރީކާ އަތުން 7-0 އިން މޮޅުވެ، ސްޕެއިން އިން އެ ޓީމުގެ ފެންވަރު ދައްކާލައިފަ އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން އިން ވަނީ މެޗު ފެށުނީންސްސުރެ މެޗުގެ ކޮންޓުރޯލް ހޯދައިފަ އެވެ. ގިނައިރު ބޯޅަ ހިފަހައްޓައި، ކޮސްޓަ ރީކާ އަށް މެޗުގެ ތެރެއަށް ވަދެގަންނަން އެއްވެސް ފުރުސަތެއް ކޮސްޓަ ރީކާއަކަށް ނުދެ އެވެ.
މެޗުގެ 11 ވަނަ މިނިޓުގައި ސްޕެއިން އިން ލީޑު ނެގީ ޑެނީ އޮލްމޯ ޖެހި ލަނޑުންނެވެ. އަދި އޭގެ 10 މިނިޓު ފަހުން ރެއާލް މެޑްރިޑްގެ މާކޯ އަސެންސިއޯ ވަނީ ރެއާލް މެޑްރިޑަށް ދެވަނަ ލަނޑު ޖަހައިދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިން އިން 3-0 އަށް ލީޑު ފުޅާކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ފެރާން ޓޯރޭސް ކާމިޔާބުކުރުމުންނެވެ.
މެޗުގެ ދެވަނަ ހާފުގެ އޮއިވަރު ވެސް ދިޔައީ ހަމަ ފުރަތަމަ ހާފާ އެއްގޮތަށެވެ. ދެވަނަ ހާފުގައި ޓޮރޭސް އިތުރު ލަނޑެއް ޖެހިއިރު، ކާލޮސް ސޮލެއާ އާއި ޒުވާން މިޑްފީލްޑަރު ގަވީ އާއި ފޯވަޑް އަލްވާރޯ މޮރާޓާ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
މި މެޗުފައި ޖެހި ލަނޑާއެކު، ގަވީ އަކީ ބްރެޒިލްގެ ލެޖަންޑް ޕެލޭގެ ފަހުން ވޯލްޑް ކަޕްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ.