މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، އިންސްޓަގްރާމްގައި 500 މިލިއަން ފޮލޯވަރުން ހޯދި ފުރަތަމަ ކުޅިވަރު ކުޅުންތެރިޔަކަށް ޕޯޗުގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހޮވިފަ އެވެ.
ރިޕޯޓުތައް ބުނާގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯގެ އިންސްޓަގްރާމް އެކައުންޓަށް 500 މިލިއަން ފޮލޯވާސް ވަނީ ލިބިފަ އެވެ.
އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވާސްގެ އިތުރުން ރޮނާލްޑޯ އަކީ އިންސްޓަގްރާމުން އެންމެ ބޮޑު އާމްދަނީ ލިބޭ އެއް އެތުލީޓެވެ. އިންސްޓަގްރާމްގެ އިތުރުން އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ރޮނާލްޑޯ އަކީ އިންތިހާއަށް މަގުބޫލު ކުޅުންތެރިއެކެވެ.
އޭނާގެ ޓްވިޓާގައި 105 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބިއިރު ފޭސްބުކްގައި 154 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.
މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕްގައިވެސް ރޮނާލްޑޯގެ ފަރާތުން އަންނަނީ މޮޅު ކުޅުމެއް ފެންނަމުނެވެ.
އެގޮތުން ރޭ ގާނާ އަތުން 3-2 އިން ޕޯޗުގަލް މޮޅިވެފަ އެވެ. އަދި ފީފާ ވޯލްޑް ކަޕުގެ ތާރީހުގައި ފަސް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހޯދާފަ އެވެ.
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!
ޖީން ތެރަޕީއިން ކޮލެސްޓްރޯލް މަތިވުމަށް ދާއިމީ ފަރުވާއެއް؟
ޑޮލަރު ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދި ހަ ބިދޭސީއަކު ހައްޔަރު