ދޯހާ (27 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އޭފްގައި މިރޭ ކެނެޑާ އަތުން ފަހަތުން އަރައި 4-1 އިން ކްރޮއޭޝިއާ މޮޅުވެ، ކެނެޑާ މުބާރާތުން ކަޓައިފި އެވެ.
ކެނެޑާ އިން މެޗުގެ ފުރަތަމަ މިނިޓުގެ ތެރޭގައި ލީޑު ނެގީ ބަޔާން މިއުނިކްގެ ވިންގާ އަލްފޮންސޯ ޑޭވީސް ޖެހި ލަނޑުންނެވެ.
އެކަމަކު މެޗުގެ ކުރީކޮޅު ކެނެޑާ އިން ލީޑު ނެގިޔަސް، ކްރޮއޭޝިއާ އިން ހަމަޖެހިލައިގެން ކުޅެ، ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. ނަތީޖާއަކަށްވީ މެޗުގެ 36 ވަނަ މިނިޓުގައި އަންދްރެޖް ކްރަމަރިޗް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ. އަދި ފުރަތަމަ ހާފު ނިމެނިކޮށް ކްރޮއޭޝިއާގެ މާކޯ ލިވާޔާ ވަނީ ލަނޑެއް ޖަހައި ކްރޮއޭޝިއާ އަށް ލީޑު ހޯދައިދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ކްރޮއޭޝިއާގެ ކްރަމަރިޗް އާޢި ލޯވްރޯ މާޔޭ ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ.
މި މެޗުން މޮޅުވެ، ކްރޮއޭޝިއާ ގުރޫޕް އެފްގެ އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. މޮރޮކޯ ވެސް ހަތަރު ޕޮއިންޓާއެކު ހަތަރު ޕޮއިންޓާއެކު އޮތްއިރު، ބެލްޖިއަމް އޮޓީ ތިން ޕޮއިންޓާއެކުއެވެ. ކެނެޑާ ތާވަލްގެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.
ގުރޫޕްގެ ފަހު މެޗުތަކުގައި ކްރޮއޭޝިއާ އާއި ބެލްޖިއަމް ބައްދަލުކުރާއިރު، މޮރޮކޯއާ ދެކޮޅަށް ނުކުންނާނީ ކެނެޑާ އެވެ.