މިމަހުގެ ދެ ވަނަ ދުވަހު ޑިޒްނީ ހޮޓްސްޓާއިން ސްޓްރީމު ކުރަން ފެށި ކާރްތިކް އާރްޔަންގެ "ފްރެޑީ" އަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފަ އެވެ.

"ބޫލް ބުލައްޔާ 2"، "ޕިޔާރް ކާ ޕަންޗްނާމާ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ކާރްތިކް މިފިލްމުން ފެންނަނީ ދަތުގެ ޑޮކްޓަރެއްގެ ރޯލުންނެވެ. އޭނާ ބުނީ އެ ފިލްމުގައި ފެންނަ ކެރެކްޓާ އަށް ތައްޔާރުވުމަށް އެންމެ ބޮޑެތި ކަންތަކުން ފެށިގެން އެންމެ ކުދި ކުދި ކަންތަކަށް ވެސް ސަމާލުކަންދިން ކަމަށެވެ. ބިރުވެރި އަދި ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ މި ފިލްމަކީ ކާރްތިކް ނެގެޓިވް ރޯލަކުން ފެންނަ ފުރަތަމަ ފިލްމެވެ.

ފިލްމަށް ކާތިކް ވަނީ 14 ކިލޯ ބަރުކޮށްލައިފަ އެވެ.

ކާތިކް ބުނީ ބަލިމީހުންނަށް މަލާމާތް ކުރަން ޖެހުނު ހާލަތްތައް ވެސް އައި ކަމަށާއި އެއީ އެ ރޯލަށް ފިޓުވުމަށް އޭނާ ލައްވާ ކުރުވި ކަންތައް ކަމަށެވެ. އެ ފިލްމަށް ފަހު ކުރެވުނު ތަޖުރިބާއާ ގުޅޭގޮތުން އޭނާ ބުނީ ބައެއް ތަރިންގެ ވާހަކަތައް މީގެ ކުރިން އިވުނު ކަމަށާއި އޭނާ އަށް ވެސް ތަޖުރިބާ ކުރެވުނު ކަމަކީ އެ ފިލްމަށް ފަހު އެކަނިވާން ބޭނުންވުން ކަމަށެވެ.

ފްރެޑީގެ ކެރެކްޓާއާ އެއްގޮތަށް އޭނާގެ އަސްލު ދިރިއުޅުން ކޮންމެވެސް ވަރަކަށް ބަދަލު ކޮށްލަން ޖެހުމުގެ ސަބަބުން ކާރްތިކަށް ނިދަން އުނދަގޫތަކެއް ކުރިމަތިވި ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ މި އުނދަގުލާ ހެދި އާއިލާ އާއި ރައްޓެހިންގެ އެހީ ހޯދަން ޖެހުނު ކަމަށެވެ.

ކާރްތިކް ބޮލީވުޑަށް ތައާރަފްވީ 2017 ވަނަ އަހަރު ކުޅުނު ފިލްމު "ޕިޔާރުކާ ޕަންޗްނާމާ" އިން ނެވެ. މިހާތަނަށް އޭނާ ވަނީ 17 އަށް ވުރެ ގިނަ ބޮލީވުޑް ފިލްމް ކުޅެފަ އެވެ.