ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކުއްލި ހާލަތަށް ގެނެސްފި އެވެ.
ވީއައިއޭ ކުއްލި ހާލަތަށް ގެނެސްފައިވަނީ މަތިންދާ ބޯޓެއް އެމަޖެންސީގައި ޖެއްސުމަށެވެ.
އެމްއޭސީއެލުން ބުނީ ދިމާވި މައްސަލައަކާއި ގުޅިގެން ފްލައިޓެއް ވީއައިއޭއަށް މިހާރު ޖައްސާފައިވާ ކަމަށާއި ފްލައިޓަށް ދިމާވި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
މައްސަލައެއް ދިމާވެގެން އެއާޕޯޓަށް ޖައްސާފައިވަނީ ކޮން އެއާލައިނެއްގެ ފްލައިޓެއްކަން އެމްއޭސިއެލްއިން ހާމަކޮށްފައިނުވެ އެވެ.
"އާވާރާޕަން 3" ވެސް ވަރަށް އަވަހަށް ފެނިދާނެ ކަމަށް ބުނެފި
ތެޔޮ ގަންނަން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި