ކައިވެންޏަށް އާއިލާގެ ފަރާތުން އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ބޮލވުޑްހެ މަޝްހޫރު އެކްޓަރު ކާތިކް އާރިޔަން ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ކާތިކް ބުނީ ކައިވެނި ކުރުމަށް އަދި ނުވިސްނާ ކަމަށާއި އާއިލާގެ ފަރާތުންވެސް އެކަމަށް ޕްރެޝަރެއް ނެތް ކަމަށެވެ.

އަދި މިވަގުތު ކައިވެނީގެ ޕްލޭނެއް ނެތް ނަމަވެސް އެފަދަ ގުޅުމަކާ ހަމައަށް ދާނެ ކަމަށް ކާތިކް ބުންޏެވެ.

އުމުރުން 32 އަހަރުގެ އެކްޓަރު ކާތިކް އިތުރަށް ބުނީ ކުރިއަށް އޮތް ތިން އަހަރުވެސް ފިލްމީ ދާއިރާގެ މަސައްކަތްތަކަށް އިސްކަން ދިނުމަށް މަންމް ވަރަށް ބޮޑަށް ބާރުއަޅާ ކަމަށެވެ.

"މަސައްކަތް ބައިވަރު އެބަހުރި. އެހެންވީމަ ކައިވެނިކުރާކަށް މިހާރަކު އާއިލާގެ އެއްވެސް ޕްރެޝަރެއް ނެތް. އެކަމަކު ބައިވެރިއަކަށް އަބަދު ވެސް އަހަރެންގެ ހަޔާތުން ޖާގައެއް އޮންނާނެ،" ކާތިކް ބުންޏެވެ.

މިދޔަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ފްރެޑީ" ގެ ބަތަލު ކާތިކްގެ ކުރިއަށް ގިނަ ފިލްމުތަކެއް އެބަހުއްޓެ އެވެ.

އޭގެ ތެރޭގައި "ސަތިއަޕްރޭމް ކީ ކާތާ"، "ޝެހެޒާދާ"، "ކެޕްޓަން އިންޑިއާ"، "އާޝިގީ 3" އަދި ޑައިރެކްޓަރު ކަބީރް ޚާންގެ ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކާތިކް މިހާރު ރައްޓެހިވެގެން އުޅެނީ ރިތިކް ރޯޝަންގެ ކަޒިންއެއް ކަމަށްވާ ޕަޝްމީނާ ރޯޝަނާ އެވެ. އޭނާއަކީ ރިތިކްގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ކޮއްކޮ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަންގެ ދަރިއެކެވެ.

އަންނަ އަހަރު ރިލީޒްކުރާ "އިޝްގް ވިޝްގް ރީބައުންޑް" އިން ޕަޝްމީނާ ބޮލީވުޑަށް ނުކުންނާނެ އެވެ.

ކާތިކް ވަނީ ކުރިން 2020 ގެ ފިލްމު "ލަވް އާޖް ކަލް" ގެ ބަތަލާ ސާރާ އަލީ ޚާނާ ވެސް ރައްޓެހިވެފަ އެވެ. ސާރާއަކީ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅެވެ.