ތައިލެންޑްގެ ރަސްގެފާނުގެ މަންމާފުޅު، ރާނީ ސިރްކިތްގެ 90 ވަނަ އުފަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ، ބައިނަލްއަޤްވާމީ ތިންވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު، ތައިލެންޑްގެ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެޝަން ޑިޒައިނަރުން ބައިވެރިވާ ބައިނަލްއަޤްވާމީ ތިންވަނަ ތައި ފެޝަން ވީކް މި އަހަރު ކުރިޔަށް ދަނީ ޑިސެމްބަރު 6 އިން 11 އަށެވެ. އަދި، ޑިސެމްބަރު 7 ވަނަ ދުވަހު މި ޙަރަކާތުގައި ރާއްޖެއިން ބައިވެރިވާ ފެޝަން ޑިޒައިނަރު ޖާދު އިސްމާޢީލް ހުށައަޅައިދޭ ތައި ސިލްކް ޑިޒަިންގެ ހެދުންތައް ވެސް މެޑަމް ފަޒްނާ ބައްލަވައިލައްވާނެ އެވެ.
ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް މެޑަމް ފަޒްނާ ތައިލެންޑަށް ވަޑައިގެންނެވީ، އެސޯސިއޭޝަން އޮފް ތައި ސިލްކް އެންޑް ކަލްޗަރ ޕްރޮމޯޝަންސްގެ ދައުވަތަކަށެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒުނުކުރާ މައްސަލަ މަޖިލީހަށް
ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ އާއިލާއިން ދައުވާކޮށްފި
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް