އަވައްޓެރި ސްރީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން 18 އަހަރު ހުންނެވުމަށްފަހު ސިއްކަ އަހުމަދު އިސްމާއިލް މަނިކު އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

ސިއްކަ އަހުމަދު އިސްމާއިލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕާފުޅެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސިއްކަ އަހުމަދު މާލެއަށް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ.

ސިއްކަ ރާއްޖެ އައީ ދޮށީ އަނބިކަނބަލުންގެ ސިއްހީ ހާލަތު ގޯސްވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

ސިއްކަ ރާއްޖެ ދޫކޮށް، ދިރިއުޅުން ސްރީލަންކާއަށް ބަދަލު ކުރީ 2004 ވަނަ އަހަރު އެވެ. އޭނާގެ ގާތް ބައެއް މީހުން ބުނާ ގޮތުގައި އޭނާ ރާއްޖެ ދޫކޮށް ދިޔައީ އެދުވަސްވަރު ސިޔާސީ މަސްރަހު ހަލަބޮލިވާން ފެށުމާ ގުޅިގެންނެވެ.

ރާއްޖެއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރ ތިން ވަނަ ދުވަހު ދިން ހަމަލާގެ ފަހަތުގައި ހަރަކާތްތެރިވިކަމަށް ސާބިތުވެ ސިއްކަގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އޭރު އިއްވާފަ އެވެ. އެކަމަކު، އެ ހުކުމަށް ތިން އަހަރު ވެސް ނުވަނީސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޮޑު ސިއްކަ އަށް މާފު ދެއްވައި ބަންދުން ދޫކޮށްލެއްވީ އެވެ.

ސިއްކަ ރާއްޖެ ދޫކޮށް، ދިރިއުޅުން ސްރީލަންކާއަށް ބަދަލު ކުރީ 2004 ވަނަ އަހަރު އެވެ. އޭނާގެ ގާތް ބައެއް މީހުން ބުނާ ގޮތުގައި އޭނާ ރާއްޖެ ދޫކޮށް ދިޔައީ އެދުވަސްވަރު ސިޔާސީ މަސްރަހު ހަލަބޮލިވާން ފެށުމުން "ކަމެއްގައި ބައްދާލަފާނެތީއެވެ."