މާލެ އައިސް އުޅުނު ތ. އޮމަދޫ، ޑޭޒީ، އަދުނާން ހުސައިންގެ އަތުން މި މަހުގެ ހަ ވަނަ ދުވަހު ފޭރުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މާފަންނު ކޮޅުން ހިނގާލާފައި ދަނިކޮށް ބަޔަކު އައިސް، އޭނާ އަށް ބިރު ދައްކައި ވޮލެޓް ފޭރިގަތް ފޭރިގަތީ އެވެ. ދެން އޭނާ ދިޔައީ އެ މައްސަލަ ހުށަހަޅަން މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. އެ ސްޓޭޝަނުގައި އިންދައި އަނބުރައިގެނެގެން އޭނާ ވެއްޓުމުން ދެން ގެންދިޔައީ އައިޖީއެމްއެޗަށެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށެވެ. އަދުނާނު އަތުން ފޭރިގަތީ ތޫނުއެއްޗަކުން އޭނާއަށް ހަމަލާދިނުމަށްފަހުއެވެ.
އެ މައްސަލައިގައި 34 އަހަރުގެ މީހަކާއި 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 45 ދުވަސް ޖަހާފަ އެވެ.
އަދުނާނަކީ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެކެވެ.
45 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަނީ: ރިޕޯޓް
ވޯލްޑް ކަޕަށް ކޮލިފައި ވުމުން އަގު ބޮޑު ކާރާއި ބިން ހަދިޔާކުރަނީ
ތާރީހު ނުދެކޭ ފަދަ ބޮޑު ހަނގުރާމައަކަށް ދުނިޔެ މިސްރާބު ޖަހަނީ
