ކޮފީ ބުއިމަކީ އާއްމުކޮށް ޒުވާނުންގެ މެދުގައި އާއްމުވެފައި އޮތް އާދަ އެކެވެ. އެހެން ނަމަވެސް އުމުރުން ދުވަސްވީ މީހުން ވެސް ކޮފީ ބުއިމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.

މި ދިރާސާއިން ދައްކާފައިވާގޮތުގައި އުމުރުން ދުވަސްވީ މީހުން، ހާއްސަކޮށް ފިރިހެނުން ދުވާލަކު ހަތަރު ތަށި ކޮފީ ބޯނަމަ ހިތުގެ ސެލްތަކުގެ މަސައްކަތްތައް ރަނގަޅު ކޮށްދެ އެވެ. ހާޓް އެޓޭކްފަދަ ކަންކަމުން ދުރުކޮށްދެ އެވެ.

އެ ދިރާސާ ކުރި ޓީމުން ބުނެފައިވާގޮތުގައި ޕީ27 ނަމަކަށް ކިޔާ ޕްރޮޓީން އެއް ސެލްތަކުގެ ތެރޭގައި ދައުރުވެ ސެލްތަކުގެ ސިއްހަތު ރަނގަޅު ކޮށްދެ އެވެ.

މި ދިރާސާ ކުރި ޓީމުން ބުނެފައިވަނީ މި ދިރާސާގެ ސަބަބުން ކެފޭން އިން ލިބޭ އިތުރު ފައިދާއެއް ދެނެގަނެވުނީ ކަމަށެވެ. އަދި ޕީ27 އަކީ އުމުރުން ދުވަސްވީ ފައިދާހުރި، ކޮފީން ލިބިދޭ މާއްދާއެއް ކަމުގައިވެސް ބުނެފައިވެ އެވެ.

އެހެން ކަމުން ދުވަސްވީ މީހުން ވެސް މެދު މިނުގައި ހިފަހައްޓައިގެން ކޮފީ ބުއިމަކީ ފައިދާހުރި ކަމެއްކަން މި ދިރާސާގެ އަލީގައި ސައިންސްވެރިން ވަނީ ހޯދާފަ އެވެ.