އިންޑިއާގެ ފިލްމީ ސިނަމާގައި ކާމިޔާބު ފިލްމުތަކެއް ކުޅެދީ ގިނަ ބައެއްގެ ހިތްތަކުގައި ޖާގަ ހޯދި އަމީތާބު ބައްޗަންގެ އަންހެން ދަރިފުޅު، ޝްވޭތާ ނަންދާ އާއި އޭނާގެ މަންމަ ޖަޔާ ބައްޗަންއާ މެދުގައި އެތައް އަހަރުތަކެއް ކުރިން ޖެހިފައި އޮތް ކޯޅުން އާންމުންނަށް ނާންގަ އެވެ.

އެހެންނަމަވެސް އެ ދެމީހުންގެ މެދުގައި ޖެހިފައިވާ މައްސަލަތަކުގެ ވާހަކަތަކަކީ އާންމުކޮށް ބޮލީވުޑް އިންޑަސްޓްރީގައި ދޭތެރެއިން ދެކެވޭ ވާހަކަތަކެވެ.

އެގޮތުން ޝްވެތާ، އާއިި އޭނާގެ މަންމަގެ މެދުގައި ޖެހިފައިވާ މައްސަލަ އަކީ ޝްވެތާގެ ނާކާމިޔާބު ކައިވެނީގެ ސަބަބުން ޖެހުނު މައްސަލައެއްކަމަށް އެނގިފައިވެ އެވެ. ޝްވެތާ އޭނާގެ މަންމަގެ އެދުމުގެ މަތިން އޭނާގެ ކުރީގެ ފިރިމީހާ ނިކިލް ނަންދާއާ ކައިވެނި ކޮށްފައިވާއިރު، ފިރިމީހާ ކައިރިން ވަކިވުމަށްފަހު ޝްވެތާ މައިންބަފައިންނާއި އެކީ އުޅޭތާ ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ.

ހަމައެހެންމެ އުމުރުން 21 އަހަރުގައި ކައިވެނީގެ ގޮތުން މީހަކާއި ގުޅެން ޖެހުމުން އޭނާގެ ޒަވާޖީ ހަޔާތް ނިމުމަކަށް މެދުވެރިވީ އޭނާގެ މަންމަގެ ސަބަބުން ކަމަށް އޭނާ ދެކެ އެވެ.

ޝްވެތާ އާއި އޭނާގެ ފަހަރި ކަމަށްވާ މަޝްހޫރު ތަރި އައިޝްވަރްޔާ ރާއީއާ ވެސް ގުޅުން ރަނގަޅު ނޫންކަން އާންމުންނަށް ވަނީ ހާމަވެފަ އެވެ. އެގޮތުން އައިޝްވަރްޔާ އަށް ޖެއްސުން ކުރުމަށާއި، އޭނާ ލަދުގެންނެވުމަށް ޝްވޭތާގެ ބައެއް އަމަލުތައް ސޯޝަލް މީޑިއާގެ ސަމާލުކަމަށް ވެސް އައިސްފައިވެ އެވެ.