ބާޒާރުގައި ތަފާތު ކިރުގެ ބާވަތްތައް ލިބެން ހުރި އިރު ވިލާ މާޓުން މާކެޓްކުރަން ފެށި އަލްމަރާއީ ކިރު އެތައް ގޮތަކުން ފާހަގަކޮށްލެވެ އެވެ. އެއީ އެއްވެސް ޕްރިޒަވެޓިވެއް އެއްކޮށްފައި ނުވާ ކިރުގެ ޕައުޑަރު ވެސް އެއްކޮށްފައި ނުވާ ތާޒާ ކިރެކެވެ.

އަލްމަރާއީ ވުޖޫދުވެފައި ވަނީ 1977 ވަނަ އަހަރު ސައުދީ އަރަބިއާގަ އެވެ. އެއީ ކިރު އުފެއްދުމުގެ ހުރިހާ މަރުހަލާތަކެއް އެއް ކުންފުންޏެއްގައި ފުރިހަމަ ކުރެވިފައިވާ ދުނިޔޭގެ އެންމެ ބޮޑު ޑެއިރީ ކުންފުންޏެވެ. މެދުއިރުމަތީގެ އެންމެ ބޮޑު ފުޑް އެންޑް ބެވެރޭޖް އަދި އެ ސަރަހައްދުގައި ފޯރުކޮށްދޭ އެންމެ މަތީގައި އުޅޭ ކުންފުންޏެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކުގެ މާކެޓް ލީޑަރެވެ. އަލްމަރާއީގެ ބާވަތްތަކަކީ ހުރިހާ އުމުރެއްގެ މީހުން ވެސް ބޭނުން ކުރަން ސިއްހަތަށް ފައިދާ ހުރި ބާވަތެކެވެ. އަލްމަރާއީގެ އުފެއްދުންތަކުގެ ތެރޭގައި ޖޫހާއި ބޭކަރީ އަދި ދޫނި ބިހާއި ދޫނި މަހުގެ ބާވަތްތައް ހިމެނެ އެވެ.

ފުޑް ސޭފްޓީގެ ރޮނގުން ސައުދީގެ ފުޑް ސޭފްޓީ އެންޑް ޑްރަގު އޮތޯރިޓީ (އެސްއެފްޑީއޭ) ގެ އެންމެ މަތީ ރޭޓިން ވަނީ ލިބިފަ އެވެ. ސައުދީ އަރަބިއާގެ 2021 އަހަރުގެ އެންމެ އިނޮވޭޓިވް ޕްރޮޑަކްޓުގެ އެވޯޑު ވަނީ ލިބިފަ އެވެ. އަލްމަރާއީގެ ދަށުން 40 އަށް ވުރެ ގިނަ ބާވަތްތައް މިހާރު ވިއްކަ އެވެ.

އަލްމަރާއީ ބަރިސްޓާ މިލްކް

އަލްމަރާއީ އެކްސްޓްރާ ފޯމް ބަރިސްޓާ ކިރަކީ އަލްމަރާއީ ބްރޭންޑުގެ ޚާއްސަ ޕްރޮޑަކްޓެކެވެ. މިއީ ކޮފީ އާއި ޑެއިރީ ބުއިންތަކުގައި ބޭނުން ކުރަން އެއްވަނައިގެ ކިރެކެވެ. ކްރީމިއާ ޓެކްސްޗާއެއް ބޭނުން ނަމަ އަލްމަރާއީ ކިރު އިޚްތިޔާރު ކުރައްވާށެވެ. މިއީ ފިނި އަދި ހޫނު ބުއިންތަކުގައި ވެސް ބޭނުން ކުރަން އެންމެ ރަނގަޅު ބާވަތުގެ ކިރެވެ. އަލްމަރާއީ ކިރުގެ އެއް ލިޓަރުގެ ޕެކެޓެއް ކަނޑާލުމަށް ވެސް ރަނގަޅަށް ސްޓޯކޮށްފައިވާ ނަަމަ ހަފުތާއެއް ވަންދެން ބޭނުން ކުރެވޭނެ އެވެ.

އަލްމަރާއީގެ ކިރު ޕެކެޓެއް. މިއީ މިހާރު ވަރަށް މަގުބޫލް ބްރޭންޑެއް

ތިރީގައި މިވަނީ އަލްމަރާއީ ބަރިސްޓާ ކިރާ އެކު ކޮފީގެ ރަނގަޅު ރެސިޕީއެއް

  • 2 ސައި ސަމްސާ އިންސްޓަންޓް ކޮފީ
  • 2 ސައި ސަމްސާ ހަކުރު
  • 50 އެމްއެލް އަލްމަރާއީ ބެރިސްޓާ
  • 2-3 މޭޒުމަތީ ސަމްސާގެ ސިންގަލް ކްރީމް (އޮޕްޝަނަލް)އައިސް ކިއުބްސް

ކޮފީ ހައްދަވާނެ ގޮތް

ބިއްލޫރި ތައްޓަކަށް އައިސް އެޅުއްވުމަށް ފަހު ފިނިކުރި ކޮފީ އެއަށް އަޅުއްވާށެވެ. ކަޅު ކޮފީ އަދި ކިރު ކޮފީގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެވެ. ލާޓޭ ސްޓައިލުގެ ކޮފީއަކަށް ނަމަ 50 އެމްއެލްގެ އަލްމަރާއި ބަރިސްޓާ ކިރު އިތުރަށް އެޅުއްވުމަށް ފަހު ރަނގަޅަށް ގިރާ ލައްވާށެވެ. ކްރީމީ ކޮފީއެއް ނަމަ ކިރުގެ ބަދަލުގައި 2-3 މޭޒުމަތީ ސަމުސަލުގެ ސިންގަލް ކްރީމް ވަށައިގެން މައްޗަށް އަޅުއްވާށެވެ. ވަގުތުން ބޭނުން ކުރުމުގެ ކުރިން: ކުރީ ރޭ ކޮފީ ތައްޔާރު ކުރުމަށް ފަހު ފްރިޖުގައި އެރޭ ބަހައްޓަވާށެވެ. ހެނދުނުގެ ފުރަތަމަ ބުއިމެއްގެ ގޮތުގައި އެ ކޮފީ ބައްލަވާށެވެ.

ޓިޕް:

މި ރެސިޕީގައި ކޮންމެ ބާވަތެއްގެ ކޮފީއެއް ނަމަވެސް ބޭނުން ކުރެވިދާނެ އެވެ. އިންސްޓަންޓް ކޮފީ، ބްރޫޑް ކޮފީ، ފިލްޓާ ނުވަތަ ގްރައުންޑް ކޮފީ ވެސް ބޭނުންކުރެވިދާނެ އެވެ. އާދައިގެ ގޮތަކަށް ބޭނުންކުރާ ނަމަ 200 އެމްއެލްގެ ބްރޫޑް ކޮފީ ބޭނުން ކުރައްވާށެވެ. އޭގެ ފަހުން މަތީގައިވާ ގޮތަށް ހެއްދެވުމަށް ފަހު ފިނިކުރަން ބަހައްޓަވާށެވެ. ކޮފީގެ ސްޓްރެންތު ހުރި މިންވަރަކުން ރަހަ ހެޔޮވާ މިންވަރަށް ހަކުރު އަޅުއްވާށެވެ.

https://www.youtube.com/watch?v=axCx0CxYcg0

ކަސްޓަމާ ސާވިސް އާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމަކީ ވިލާ މާޓްގެ ކާމިޔާބީގެ ސިއްރެވެ. ކަސްޓަމަރުންގެ ފަސޭހައަށްޓަކައި ވިލާ މާޓުން ވާނީ ބާޒާރު ކުރަން ލުއިވާނެ ގޮތަށް ވެބްސައިޓް މެދުވެރިކޮށް ތަފާތު މައުލޫމާތުތައް އާއްމުކޮށްފަ އެވެ.

ވެބްސައިޓުގެ ބޭނުމަކީ ވިލާ މާޓުގެ މައުލޫމާތާއި ލިބެން ހުރި ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުމެވެ. އަދި އީ-ކޮމާސް އަށް ޑައިރެކްޓް ޕްލެޓްފޯމެއް ތަނަވަސްކޮށްދިނުމެވެ. ވެބްސައިޓުގެ އިތުރުން ވިލާ މާޓުގެ އެޕްލިކޭޝަން ވެސް ވާނީ ތައާރަފްކޮށްފަ އެވެ. އެ އެޕްލިކޭޝަން އެޕް ސްޓޯރުންނާއި ގޫގްލް ޕްލޭއިން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ބާޒާރު ކުރެވޭނެ އެވެ.

ވިލާ މާޓްގެ އަބަދުވެސް އަމާޒަކީ ފެންވަރު ރަނގަޅު ކާބޯތަކެއްޗާއި ބުއިންތައް މާކެޓަށް ނެރުމެވެ. އޭގެ އިތުރުން ކޮސްމެޓިކްސް އާއި އެހެނިހެން ހައުސްހޯލްޑް އައިޓަމްތައް ވެސް ނެރުމެވެ. އަޅުގަނޑުމެންގެ މަގްސަދަކީ ކަސްޓަމަރުންނަށް ކޮންމެ ދުވަކު ވެސް އެންމެ ބޭނުންވާނެ އަދި އެންމެ މަގްބޫލް ބާވަތްތައް ޑިސްޓްރިބިއުޓްކޮށް މާކެޓްކުރާ ފަރާތުގެ ގޮތުގައި މާކެޓުގައި ދެމި ތިބުމެވެ.