ސ. ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ތާރު ގުދަނެއްގައި ރޯވެ އެތަން އަނދައި ހުލިވިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ގުދަނުގައި ވަރަށް ބޮޑަށް ވަނީ ރޯވެފަ އެވެ.
ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ އެއީ ބަޔަކު ގަސްތުގައި ރޯކޮށްލުމުން ހިނގި ހާދިސާއެއް ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން އަންނަނީ ކުރަމުންނެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ބުނެފައެއް ނުވެ އެވެ.
އެ ތާރު ގުދަނުގައި ހުރީ އެރަށުގެ މަގުތަކުގައި އަޅަން ގެންދިޔަ ތާރުތަކެކެވެ.
ނުޒޫގެ ހުވަފެން ހަގީގަތަކަށް ހެދީ "ކުލަ ސްޓޫޑިއޯ"
ތޮއްޔިބު އަނެއްކާ ވެސް ފުލުހަށް ހާޒިރުކުރަނީ
ބްރެޑްގެ ކުރިއަށް އޮތް ފިލްމުގެ ނަން އިއުލާން ކޮށްފި
