ބެއިޖިން (11 ޖެނުއަރީ) ޗައިނާއިން ދެކުނު ކޮރެއާ އާއި ޖަޕާނުގެ ރައްޔިތުން އެ ގައުމަށް ވަނުމަށް ދެމުން އައި ވިސާ ދިނުން ހުއްޓާލައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޗައިނާގެ މި ފިޔަވަޅަކީ އެ ގައުމުގެ ރައްޔިތުން ދެކުނު ކޮރެއާ އާއި ޖަޕާނަށް ދަތުރު ކުރުމުގައި އެ ދެ ގައުމުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް އެޅި ރައްދު ފިޔަވަޅެކެވެ.

"މިއަދުން ފެށިގެން ދެކުނު ކޮރެއާގެ ރައްޔިތުންނަށް ދެމުން އައި ބިޒްނަސް، ޓޫރިސްޓް، ޓްރާންސިޓް އަދި މެޑިކަލް ވިސާ ދިނުން ވަނީ މެދުކަނޑާލެވިފައި" ސޯލްގައި ހުންނަ ޗައިނާގެ އެމްބަސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ޓޯކިޔޯގައި ހުންނަ ޖަޕާނުގެ އެމްބަސީން ވެސް ވަނީ ޖަޕާނުގެ ރައްޔިތުންނަށް ޗައިނާ ވިސާ ދިނުން މެދުކަނޑާލާފައިވާ ކަމަށާއި ބަދަލެއް އަތުވެއްޖެ ނަމަ އެކަން ފަހުން އަންގާނެ ކަމަށް ބުނެފަ އެވެ.

ޗައިނާގައި ކޮވިޑް 19 ފެތުރުން އިތުރު ވަމުން އަންނަ ކަމަށް ބުނެ ދެކުނު ކޮރެއާ އާއި ޖަޕާނަށް ދަތުރުކުރާ ޗައިނާގެ ދަތުރުވެރިންގެ ޕީސީއާރް ޓެސްޓު ހަދަން ޖެހޭ ގޮތަށް އެ ދެ ގައުމުން ވަނީ ދާދި ފަހުން ނިންމައިފަ އެވެ.

ޗައިނާގެ މި ފިޔަވަޅާ އެކު އެ ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން ވަނީ އިތުރުވެފަ އެވެ. އެގޮތުން ޗައިނާ އާއި ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރުން ވަނީ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

ޗައިނާއިން ވަނީ ދެކުނު ކޮރެއާ އާއި ޖަޕާނުގެ ނިންމުމަކީ ޗައިނާ އަށް އަމާޒުކޮށް ނެރުނު ތަފާތުކުރުންތައް ބޮޑު ނިންމުމެއް ކަމަށް ބުނެފަ އެވެ. -- ސީ އެން އެން