ފޮޓޯ ޝޫޓެއްގައި ބޮލިވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ދަރިފުޅު މާލްތީ މެރީ ޗޯޕްޅާ ޖޯނަސްގެ ފޮޓޯ ނުދެއްކުމުން އާންމުން ޕްރިޔަންކާއަށް ފާޑުކިޔައިފި އެވެ.
ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމުގައި މާލްތީއާ އެކު ނެގި ފޮޓޯ ޝޫޓެއް އާންމުންނާއި ހިއްސާކޮށްފައިވާއިރު، އެ ފޮޓޯ ޝޫޓަކީ އޭނާގެ ދަރިފުޅާ އެކު ނެގި ފުރަތަމަ ފޮޓޯ ޝޫޓެވެ.
އެ ފޮޓޯތަކަށް ގިނަ ބައެއްގެ ތައުރީފު ލިބުނު ނަމަވެސް އާންމުންގެ ގިނަ ބަޔަކު ވަނީ އެ ފޮޓޯތަކުގައި އެއްވެސް ގޮތަކަށް މާލްތީގެ މޫނު ދައްކާފައި ނުވާތީ އެކަމަށް ފާޑުކިޔާފަ އެވެ. މިކަމާއި ގުޅިގެން މިހާތަނަށް ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ނިކް އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ.
ބޮލީވުޑް އާއި ހޮލީވުޑްގައިވެސް ކާމިޔާބު ބަތަލާ ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް އަށް ސަރޮގޭޓްކޮށްގެން ދަރިޔަކު ލިބުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ދަރިފުޅާ އެކީ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕްރިޔަންކާ އާންމުކުރި ނަމަވެސް މިހާތަނަށް އެއްވެސް ފޮޓޯއެއްގައި ދަރިފުޅުގެ މޫނު ފެންނަ ވަރެއް ނުވެ އެވެ.
އެތެރޭގެ އުދުހުންތައް އަގު ހެޔޮކުރުން ވާނީ ގޮންޖެހުމަކަށް: އަމީން
"މަޝްރޫއުތަކަށް ހާއްސަ ޔުނިޓް ހަދަނީ ސިޔާސީ ވަޒީފާ އިތުރުކުރަން"
އައިފޯން 18 ޕްރޯއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެ
