ކ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރުމަށް ރައީސް މިއަދު ކާށިދޫއަށް ވަޑައިގެންފައިވާއިރު، ރައީސް ވަނީ އެރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ކާށިދޫގައި މިވަގުތުވެސް ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވާފަ އެވެ. އަދި އެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ކާށިދޫ އަކީ އެންމެ ބިން ބޮޑު އެއް ރަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދަނޑުވެރިކަން ވެސް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން ދަނީ ކާށިދޫގައި ކަމަށެވެ. އަދި ވިސްނުމަކީ ކަށިދޫގައި ބިން ދަނޑުވެރިކަމަށް ހާއްސަކުރުން ކަމަށާއި، އެރަށުގެ ފަޅުތެރެ ހިއްކުމަށްފަހު އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ ރިސޯޓެއް ހެދުމަށް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވީ، އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރިޔަށް ގެންދާ ކަމަށެވެ.
ބީއެމްއެލް އިން 6 ރަށެއްގައި އާ ބްރާންޗް ގާއިމުކޮށްފި
ވަޒީފާގައި ގިނައިރު އިށީނދެ އިންނަން ޖެހޭތަ؟
ދަރިން އޭއައި ބޭނުންކުރާ ގޮތާމެދު ސަމާލުވޭ!

އެކަމަކު ބައެއް ސްކޫލްތަކުގެ ވަށާފާރު ބައުވެ ހަލާކުވެ ވެއްޓެން ކައިރިވެފައި އަދި އެއްވެސް މަރާމާތެއް މި 4 އަހަރު ދުވަހު ނުކުރާ ސްކޫލްތައް ބައިވަރު. ޤައުމު ދަރާ ޤައުމުގެ އިގްތިޞާދު މި ވީރާނަވަނީ މިހެން ކުރާ ސިޔާސީ ޚަރަދުތަކަށް!