ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭބެލް މައްކޮނެން ތެސްފޭ (ދަ ވީކެންޑް)ގެ އާ ލޯބިވެރިޔާއަކީ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީކަމަށް ހޮލީވުޑްގައި ވާހަކަ ދެކެވުނެވެ.

މީގެ ކުރިން ވެސް ވީކެންޑާއި އެންޖެލީނާއާ ދެމެދު ގުޅުމެއްވާ ކަމަށް އެދެ ފަންނާނުންގެ ފޭނުން ޝައްކުކޮށްފައިވާއިރު، ފޭނުންގެ ޝައްކު އިތުރަށް ޔަގީންވެގެން ދިޔައީ، ވީކެންޑް އެންމެ ފަހުން ނެރުނު ލަވައިގެ ލިރިކްސްގައި، އެންޖެލީނާއަށް އަމާޒުވާފަދައިން ބަސްތައް އިބާރާތްކޮށްފައި އޮތުމުންނެވެ.

އެލަވައިގެ ލިރިކްސްގައި އޭނާގެ ލޯބިވެރިއަކީ މޫވީ ސްޓާރެއް ކަމަށް ވެސް ވީކެންޑް ބުނެފައިވެ އެވެ. ވީކެންޑްގެ މި ލިރިކްސްއާއެކު ގިނަ ބަޔަކު އޭނާ އެންޖެލީނާ އާ ލޯބީގެ ގޮތުން ގުޅިފައިވާކަން ޔަގީންކުރި އެވެ. ހަމައެހެންމެ އެދެމީހުން ވެސް މިކަމަކަށް އޭރު ދެކޮޅު ހަދާފައެއް ނުވެ އެވެ.

ނަމަވެސް މިފަހުން އިނގިރޭސި ނޫސްތަކަށް ދިން އިންޓަވިއުތަކުގައި އެދެތަރިން ވެސް ވަނީ ދެތަރިންގެ ގުޅުމާއި ގުޅިގެން ވާހަކަދައްކާފަ އެވެ. އެގޮތުން ދެތަރިންނަކީ ވެސް ލޯބިވެރިން ނޫންކަމަށާއި، ރަހުމަތްތެރިން ކަމުގައި އެންޖެލީނާ އާއި ވީކެންޑް ބުނެފައިވެ އެވެ.

ހަމައެހެންމެ އެކަކު އަނެކަކަށް އެކި ކަންކަން ކުރުމުގައި އެއްބާރުލުން ދޭކަން ފާހަގަކޮށް ދެތަރިން ވެސް ވަނީ ގިނަ ވަގުތު އެކީ ހޭދަކޮށް، އުފެއްދުންތެރި މަސައްކަތް ކުރުމުުގައި ދެމީހުން ވެސް ބައިވެރިވާކަމަށް ބުނެފަ އެވެ.