ޕީޕީއެމް، ޕީއެންސީގެ ލީޑަރުން މިއަދު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދާއި، ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތަކާ ގުޅިގެން ވަނީ މަޝްވަރާ ކޮށްފި އެވެ.

އެގޮތުން އިދިކޮޅުން ކަންބޮޑުވުން ފާޅުކުރި ކަންކަމުގެ ތެރޭގައި ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅަށް ފުރުސަތު ނުލިބޭކަމާއި، ހަމަހަމަ ކަމާއެކު ޚަބަރުތަކުން ފުރުސަތު ނުލިބޭ މައްސަލަ ފާހަގަކުރެވުނުދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނަކަށްވެފައި ރައްޔިތުންނަށް ދެފަރާތް ފެންނަގޮތަށް ހަބަރުތައް ގެނެސްނުދެވޭކަމުގެ ކަންބޮޑުވުން ފާޅުކުރެވުނު ވަކި ޕާޓީއެއް ޕްރޮމޯޓްކުރުމާއި ޕާޓީގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރާކަންކަން ވެސް ޕީއެސްއެމްއިން ޕްރޮމޯޓް ކުރާތީ އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރި އެވެ. އަދި ރައީސް ސޯލިހުގެ ކެމްޕެއިން ހަރަކާތް ކުރިއަށް ގެންދިއުމަށް ޕީއެސްއެމް އިން އެހީތެރިވާ ކަމަށް އެ ދެ ޕާޓީން ތުހުމަތު ކުރެ އެވެ. އެގޮތުން ދައުލަތުގެ މީޑިއާގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރާ ކަމާއި އެމްޑީޕީގެ ޕްރައިމަރީ ތެރޭގައި ވެސް ރައީސްގެ ހަރަކާތް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭކަން ފާހަގަކޮށްފައިވެ އެވެ.

ޕީއެސްއެމްގެ ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރުމުގައި ޕީއެސްއެމްގެ ބޯޑާއި މެނޭޖްމަންޓް އިހުމާލުވެފައިވާ ކަމާއި، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއް ހުރި އިރު އެއްވެސް ގޮތަކަށް އިދިކޮޅުގެ ވާހަކަތައް ހަބަރުގައި ވެސް ގެނެސް ނުދެވޭ ކަމާއި، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާ ގުޅިގެން އިދިކޮޅުގެ ބަހެއް ނުހޯދާ ކަމުގެ ކަންބޮޑުވުން ވެސް އެ ދެ ޕާޓީން ފާޅުކުރި އެވެ.

ޕީއެސްއެމްގައި ތިބި ފަންނީ އަދި ގިނަ ދުވަސްވީ މުވައްޒަފުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލެވި، އަދި ހިދުމަތްތެރި އެތައް މުވައްޒަފުންނެއް މެނޭޖްމެންޓާ މެދު ހިތްހަމަ ނުޖެހިގެން ކެނޑިގެން ގޮސްފައިވުމަށް އެ ދެ ޕާޓީން ފާހަގަކުރި އެވެ.

މިހާރު ތިބި މުވައްޒަފުންގެ ހުރި ނުތަނަވަސްކަން ހައްލުކޮށްދިނުމަށާއި ޕީއެސްއަމްއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށް އިދިކޮޅުން ވަނީ ޕީއެސްއެމްގެ މެނޭޖްމަންޓަށް އިލްތިމާސްކޮށްފައެ އެވެ.