ބޮލީވުޑްގެ ބަތަލާ، ޕްރިޔަންކާ ޗޯޕްރާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ފުރަތަމަ ފަހަރަށް މީޑިއާގައި މިވަނީ އާންމުވެފަ އެވެ. މިފޮޓޯއަށް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.

މާލްތީ އުފަންވީ މިދިއަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.

އެއް އަހަރުގެ މާލްތީގެ ފޮޓޯ މީގެ ކުރިން ސޯޝޯލް މީޑީއާގައި އާންމު ކުރިނަމަވެސް އެކުއްޖާގެ މޫނު ފެންނަ ގޮތަށް މީގެ ކުރިން އެއްވެސް ފޮޓޯއެއް ހިއްސާ ކޮށްފައިއެއް ނުވެ އެވެ. ހަމަ އެފަދައިން ޕަޕަރާޒީންނަށް ވެސް އެކުއްޖާގެ މޫނު ފެންނަ ޕޯޓޯއެއް މިހާތަނަށް އަތުޖެހިފައިއެއް ނުވެ އެވެ. މިއީ މާލްތީގެ މޫނު ފެންނަ ގޮތަށް ފުރަތަމަ ފަހަރަށް އާންމުވި ފޮޓޯއެކެވެ.

ޕްރިޔަންކާ ފުރަތަމަ ފަހަރަށް އާންމުންނަށް މާލްތީ މަރީ ޗޯޕްރާ ޖޯނަސްގެ ފޮޓޯ ދައްކާލީ "ޖޯނަސް ބްރަދާސް" ގެ "ހޮލީވުޑް ވޯކް އޮފް ފޭމް" ތަރި ދައްކާލުމަށް ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.

ޕްރިޔަންކާ އާއި އޭނާގެ ދަރިފުޅު މަލްތީ

ނިކް ޖޯނަސް ހިމެނޭ އާއިލީ މިއުޒިކް ބޭންޑް، "ޖޯނަސް ބްރަދާސް" އަށް "ވޯކް އޮފް ފޭމް" ގެ ޝަރަފު ލިބުމާ ގުޅިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާގައި ބައިވެރިވެ، މަރުހަބާ ކިޔާ ޕްރިޔަންކާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި، ކްރީމް ކުލައިގެ ހެދުމަކާއި ހެއާ ބޭންޑެއް އަޅައިގެން ހުރި މަލްތީގެ މޫނު ފެންނަ ވީޑިއޯއެއް ވެސް ހިމެނެ އެވެ.

"ޖޯނަސް ބްރަދާސް" އަކީ ނިކް އާއި އޭނަގެ ބޭބެއިން ކަމަށްވާ ޖޯ ޖޯނަސް އާއި ކެވިން ޖޯނަސް ހިމެނޭ ޕޮޕް ބޭންޑެކެވެ. މި ބޭންޑުގައި މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ރޯލެއް ކުޅުނު ހޮލީވުޑްގެ ބަތަލާ ސޯފީ ޓާނާގެ ފިރިމީހާ ވެސް ހިމެނެ އެވެ. މި ހަފްލާގައި ސޯފީވެސް ފެނިގެން ގޮސްފައި ވެ އެވެ.

ނިކް، 30، އާއި ޕްރިޔަންކާ، 40، ދަރިޔަކު ހޯދީ ސަރޮގޭޓްކޮށްގެންނެވެ. އެ ދެ މީހުން ކައިވެނިކުރީ 2018 ގަ އެވެ.