މީގެ 52 އަހަރު ކުރިން މަރާލާފައިވާ މީހެއްގެ ހަށިގަނޑުގެ ކައިރީގައި އޮތް ސިނގިރޭޓު ބަޓެއްގެ އެހީގައި އެމީހާގެ ގާތިލު ހޯދައިފި އެވެ.
ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި ރީތާ ކުރަން މަރާލާފައިވަނީ އެމެރިކާގެ ބާލިންގްޓަންގައި ހުންނަ އޭނާގެ ގޭތެރޭގައި 1971 ވަނަ އަހަރުގެ ޖުލައި މަހު އެވެ.
މި ހާދިސާގެ ތަހުގީގު މިހާތަނަށް ނުނިމި އޮތް ނަމަވެސް ރީތާގެ ހަށިގަނޑު ކައިރީގައި އޮތް ސިނގިރޭޓު ބަޓަކުން ނެގި ޑީއެންއޭ ސާމްޕަލްގެ އެހީގައި ފުލުހުން ވަނީ ރީތާގެ ގާތިލު ހޯދާފަ އެވެ.
އެގޮތުން ޑީއެންއޭއިން އެނގުނު ގޮތުގައި ރީތާ މަރާލާފައިވަނީ އޭނާ ދިރިއުޅުނު އިމާރާތުގެ އެހެން ފަންގިފިލާއެއްގައި ދިރިއުޅެމުން ދިޔަ ވިލިއަމް ޑިރޫސް ނަމަކަށް ކިޔާ މީހެކެވެ.
މި ހާދިސާ ހިނގިއިރު އުމުރުން 31 އަހަރުގެ ވިލިއަމް ރީތާ މަރުވި ދުވަހު ބޭރަށް ނުކުތީ އަންހެނުންނާ ޒުވާބު ކުރުމަށްފަހު ކަމަށް އޭނާ ބުންޏެވެ. އަދި އެނބުރި ގެއަށް އައުމަށްފަހު ބޭރަށް ދިޔަ ވާހަކަ އެއްވެސް މީހަކަށް ނޭންގުމަށް އޭނާގެ އަންހެނުން ކައިރީގައި ބުނި ކަމަށް ވެސް ތަހުގީގަށް އެނގިފައިވެ އެވެ.
މި ހާދިސާގެ ތަހުގީގު ކުރަން އެކި ދުވަސްވަރު އެކި ފުލުހުންގެ އޮފިސަރުން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އެކަން އޮތީ ކާމިޔާބު ނުވެފަ އެވެ.
ރީތާގެ ހަށިގަނޑު ކައިރިން ފެނުު ސިނގިރޭޓު ބަޓަކީ މި ހާދިސާގައި ފުލުހުންނަށް ފެނުނު އެންމެ ވަރުގަދަ ހެއްކެވެ.
ވިލިއަމް ވަނީ 1986 ވަނަ އަހަރު ޑްރަގް އޯވާޑޯޒް ވެގެން މަރުވެފަ އެވެ.