މޮސްކޯ (23 ފެބްރުއަރީ) - ޔޫކްރެއިން ހަނގުރާމައިގެ އަހަރީ ދުވަހާ ދިމާކޮށް ރަޝިއާއަށް އިތުރު ފިޔަވަޅުތަކެއް އެޅުމާމެދު ޖީ7 މެމްބަރު ގައުމުތަކުގެ މާލީ ވަޒީރުން މަޝްވަރާ ކުރަން ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ބާއްވަން ހަމަޖެހިފައިވާ މަޝްވަރާތަކުގެ ކުރިން ފްރާންސްގެ މާލީ ވަޒީރު ބްރޫނޯ ލީ މެއިރް ވިދާޅުވީ މިހާތަނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ވެސް ކާމިޔާބުކަމާއެކު ރަޝިއާއަށް ފިއްތުންތައް ކުރިމަތި ކުރެވިފައިވާ ކަމަށެވެ.

"އެގައުމުގެ އިގްތިސާދު ވަނީ އެފުށް މިފުށަށް ޖެހިފައި. ބައެއް ދާއިރާތަކަށް ފޫ ނުބެއްދޭވަރުގެ ގެއްލުންތައް ވެސް ލިބިފައިވޭ" މެއިރް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ކުރިއަތް އޮތް ހަތަރު އަހަރު ދުވަހަށް ބަހާލައިގެން ނޭޓޯއިން ޔޫކްރެއިންއަށް ދޭން ހުށަައަޅާފައިވާ 16 މިލިއަން ޑޮލަރުގެ އެހީގެ މަޝްވަރާތައް ވެސް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އދއާއި ޖީ7ގެ ގައުމުތައް ގުޅިގެން އަޅަން ވިސްނާފައިވާ މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޔޫކްރެއިން ހަނގުރާމައަށް އެއް އަހަރު ފުރުމާ ގުޅިގެން އަަޅާ ފިޔަވަޅުތަކެކެވެ.

ޖީ7ގެ މަޝްވަރާތަކެކު އިންޑިއާގައި ޖީ20ގެ މެމްބަރު ގައުމުތަކުގެ ބައްދަލުވުމެއް ވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. -- އަލް އަރަބިއްޔާ