ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޖޯނީ ޑެޕް ދެވިހިފާފައި ވަނީ ބާބީ ޑޯލްއާ ކުޅެން ކަމަށް އޭނާ ބުނެފި އެވެ.

ފިލްމު އިންޑަސްޓްރީގައި މީހުންގެ ލޯބި ލިބިފައިވާ މި އެކްޓަރަށް ބާބީ ޑޯލްއާ ކުޅެން ކަމުދާކަން ހާމަކުރުމުން އާންމުން ވަނީ އެކަމާ ޖޯނީއާ ސުވާލުކޮށްފަ އެވެ. އަދި އަންހެން ކުދިންނަށް ހާއްސަވާ ކުޅޭތަކެއްޗާއި ގަޔާވާ ސަބަބު ހާމަކޮށްދިނުމަށް ފޭނުން އޭނާގެ ގާތު އެދިފައިވެ އެވެ.

ފޭނުންގެ ސުވާލުތަކަށް ޖޯނީ ރައްދުދީފައިވާއިރު، އޭނާ ބުނީ، ބާބީ ޑޯލްއާ އެންމެ ފުރަތަމަ ކުޅުނީ އޭނާގެ އަންހެން ދަރިފުޅާ އެކީގައި ކަމަށެވެ.

އެކަން އާދައަކަށްވެ، މިހާރު ދަރިފުޅު ނެތް ވަގުތުތަކުގަ އާއި، އެކަނި ހުންނަ ވަގުތު ތަކުގައި ވެސް ބާބީ ޑޯލްއާ ކުޅެން ހިތްޖެހިފައި ހުންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.

ޖޯނީ ޑެޕްއަށް އަންހެން ކުއްޖެއްގެ އިތުރުން ފިރިހެން ކުއްޖަކުވެސް ލިބިފައިވެ އެވެ. މި ދެކުދިންނަކީ ޖޯނީ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ވެނެއްސާ ޕްރާޑިސް އަށް ލިބިފައިވާ ދެކުދިންނެވެ.