ކޮންމެ މީހަކު ވެސް ކާން ބޭނުންވާނީ ހިތްހަމަ ޖެހޭ ހިތް ފަސޭހަ މާހައުލެއްގަ އެވެ. ރެސްޓޯރެންޓެއްގެ ވަށައިގެންވާ މާހައުލަކީ އެެތަނަށް ކާން ވަންނަ މީހުންގެ ތަޖުރިބާގައި ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.
ކުއަލަ ލަމްޕޫރުގައި އޮޕަރޭޓްކުރާ މި ރެސްޓޯރެންޓް އެހެން ރެސްޓޯރެންޓްތަކަށްވުރެ ތަފާތެވެ. ރެސްޓޯރެންޓްގައި ދިރިއުޅޭ ދިރޭ ސޫފިތަކަކީ މި ރެސްޓޯރެންޓް އެހެން ރެސްޓޯރެންޓް ތަކަށްވުރެ ހާއްސަކޮށްދޭ ކަމެކެވެ.
މި ރެސްޓޯރެންޓްގެ ވެރިޔާ ޔެޕް މިންގް ޔޭންގްގެ މަގްސަދަކަށް ވީ ބުޅަލާއި ކުއްތާފަދަ ކެހެރި ޖަނަވާރުތަކަށް އިންސާނުން ދޭ ލޯބި ކެހެރި ނެތް ސޫފިތަކަށް ވެސް ހޯދައިދިނުމެވެ.
އެގޮތުން ޔޭންގްގެ ރެސްޓޯރެންޓުގައި ބޮޑެތި ހަރުފައާއި ހޯނުފަދަ ތަކެތީގެ އިތުރުން ވެސް އާއްމުކޮށް ނުފެންނަ ޒާތުގެ ޖަނަވާރު ސޫފާސޫފި އުޅެ އެވެ.
އެގޮތުން ރެސްޓޯރެންޓަށް އަންނަ ކަސްޓަމަރުންނަށް ހަރުފަތަކާއި އެހެން ސޫފިތައް އަތުން ހިފައި ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެ އެވެ.
ޔޭންގް ބުނީ ކެހެރި ޖަނަވާރުންނާ އެއްވަރަށް ހަރުފަ ފަދަ ސޫފާސޫތްޕަށް އިންސާނުންގެ ލޯބި ޖެއްސުމަކީ އޭނާގެ އެންމެ ބޮޑު މަގްސަދު ކަމަށެވެ.
ވަށައިގެން ސޫފާސޫފި ފެންނަން ހުންނަ އެ ރެސްޓޯރެންޓުގައި ތިބާއަށް ކާން ކެރޭނެ ހެއްޔެވެ؟ އެ މާހައުލުގައި ހަމަޖެހިގެން ކެއުމަށް އިންސާފު ކުރެވޭނެ ހެއްޔެވެ؟