1000 އަށްވުރެ ގިނަ އަހަރު ވެފައިވާ ރަނުގެ ޚަޒާނާތަކެއް ނެދަލޭންްސްގެ ތާރީހު ދިރާސާކުރާ މީހަކަށް ފެނިފައިވާ ކަމަށް އެގައުމުގެ ނެޝަަނަލް މިއުޒިއަމް އޮފް އެންޓިކްސްއިން ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ލޮރެންޒޯ ރުޖްތާއަށް ފެނުނު ހަޒާނާތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ރަނުގެ ގަހަނާގެ އިތުރުން ރިހީގެ ފައިސާ ފޮތިތަކެއް ހިމެނެ އެވެ.

އުމުރުން 10 އަހަރުން ފެށިގެން ވެސް ތާރީހީ ކަންކަން ހޯދަން މަސައްކަތްކުރާ ލޮރެންޒޯ ބުނީ އޭނާއަށް މި ހަޒާނާތައް ފެނިފައިވަނީ 2021 ވަނަ އަހަރު ހުގްވުޑް ނަމަކަށް ކިޔާ އެގައުމުގެ އަވަށަކުން މެޓަލް ޑިޓެކްޓާއެއް ބޭނުން ކޮށްގެން ކަމަށެވެ.

"މި ހޯދުމަކީ ހާއްސަ ހޯދުމެއް. ހިއެއް ނުކުރަން މިކަހަލަ ހަޒާނާއެއް ފެނިދާނެ ކަމަކަށް." ދެއަހަރު ވަންދެން އެކަން ސިއްރެއްގެ ގޮތުގައި ބާއްވަން އުނދަގޫވި ކަމަށް ބުނަމުން ލޮރެންޒޯ އިތުރަށް ބުންޏެވެ.

ހަޒާނާތައް އެންޓީކްސް މިއުޒިމްއާ ހަވާލު ކުރުމުން އެ ދާރުލްއާސާރުގެ އޮފިޝަލުން އެ ތަކެތި ސާފުކޮށް ބެލި ބެލުމުން އެނގުނީ އެއީ ރޯމަނުންގެ ޚިލާފަތުގެ ޒަމާނުގައި ބޭނުން ކުރެވުނު އެއްޗެހިތަކެއް ކަމަށެވެ.

ބިމުއަޑީގައި އެ ގަހަނާތައް ވަޅުލާފައި ހުރިގޮތުން އެއީ އެޒަމާނަށް ބަލާއިރު އަގުބޮޑު ތަކެތި ކަމަށް ސައިންސްވެރިން ބުނެ އެވެ. މި ހަޒާނާތައް މިހާރު ހުރީ އެ ދާރުލްއާސާރުގައި ދައްކާލަން ބަހައްޓާފަ އެވެ.