ނިދަން އޮށޯތުމަށްފަހު ދެފަރާތަށް ފުރޮޅި ފުރޮޅި އަންނަން ޖެހޭ ހެއްޔެވެ؟ އެގޮތުގައި މެންދަންވެ ދޭ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ކާބޯތަކެތިން އެހީ ހޯދާށެވެ. ކާބޯތަކެތީގެ ބައެއް ބާވަތްތަކަކީ ވެސް ނިދަން ފަސޭހަކޮށްދޭ ބާވަތްތަކެވެ. އެފަދަ ބައެއް ބާވަތްތަކަށް ބަލާލާނަމެވެ.

ޗެރީ

ހުރިހާ ވައްތަރެއްގެ ޗެރީއަކީ ނިދުމަށް އެހީވެދޭ އެއްޗެއް ނޫނެވެ. ޗެރީގެ އެކި ބާވަތްތައް ހުންނައިރު، އޭގެ ތެރެއިން ނިދުމަށް އެހީވެދޭ އެންމެ މުހިންމު ވައްތަރަކީ ޓާޓް ޗެރީ އެވެ. ޓާޓް ޗެރީގައި ނިދުމަށް އެހީވެދޭ ހޯމޯންއެއް ކަމަށްވާ މެލަޓޮނިން ހިމެނެ އެވެ. ހަށިގަނޑުގައި މެލަޓޮނިން ހުންނަ މިންވަރު އިތުރުވާނަމަ، ނިދަން ފަސޭހަވާނެ އެވެ.

ކިރު

ރޭގަނޑު ނިދަން ދިއުމުގެ ކުރިން އާންމުކޮށް ހުރިހާ މައިންބަފައިންވެސް ކުދިންނަށް ހޫނު ކިރުތަށްޓެއް ބޯންދެ އެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ހޫނު ކޮންމެ އެއްޗެއްގެ ސަބަބުން ވެސް ހަށިގަނޑުގެ ޓެމްޕަރޭޗާ މައްޗަށް ދެ އެވެ. އެހެންކަމުން މީހާ ނިދި އަންނަ ގޮތްވެ އެވެ.

ކެމޮމައިލް ސައި

ހޫނު ބުއިމެއް ކަމަށްވާ ސައިއަކީ ވެސް ހޫނު ކިރުތައްޓަކުން ލިބިދޭ އަރާމު ލިބިދޭ އެއްޗެކެވެ. ކެމޮމައިލް ސައިގައި ކެފެއިން ނުހުންނަ ކަމަކީ ވަރަށް ފައިދާހުރި ކަމެކެވެ. އެކަމުން ދަންވަރު ހޭލެވުން ދުރުވާނެ އެވެ. ކެމޮމައިލް ސައި ނުބައިނަމަ، ހާބަލް ނުވަތަ ކެފެއިން ނުހުންނަ ވައްތަރެއްގެ ސައި ބުއިން ރަނގަޅުވާނެ އެވެ.

ހޯލް ވީޓް ޕާން

ނިދަން އޮށޯތުމުގެ ކުރިން އެއް ފޮތި ޓޯސްޓް ޕާން ކާލާށެވެ. އޭގައި ހުންނަ ކާބޯހައިޑްރޭޓްސްގެ ސަބަބުން ސިކުނޑީގައި ޓްރައިޓޮފެން ހުންނަ މިންވަރު އިތުރުކޮށްދޭނެ އެވެ. އޭގެ ސަބަބުން ނިދި އަންނަ ގޮތްވެ އެވެ. ކޮންމެ ވައްތަރެއްގެ ޕާން ރަނގަޅުވިޔަސް، އެންމެ ރަނގަޅަށް މަސައްކަތް ކުރާނީ ހޯލް ގްރެއިން ޕާނެވެ.