ބޮލީވުޑް އަދި ހޮލީވުޑުގައި ވެސް މަޝްހޫރުކަން ހޯދި ބަތަލާ އިރުފާން ހާންގެ އެންމެ ފަހު ފިލްމު ކަމަށްވާ “ދަ ސޯންގް އޮފް ދަ ސްކޯޕިއަންސް” 2021 ވަނަ އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް އެ ފިލްމު އުފެއްދި ފަރާތުން ބުނެފި އެވެ.

"މި ފިލްމު ބެލުންތެރިންނާ ހަމައަށް ދޫކޮށްލަން ބޭނުންވަނީ އިރްފާން ހާން އަށް ދެވޭ ޓްރިބިއުޓެއްގެ ގޮތުގައި،" ޕެނޯރަމާގެ ސްޕޮޓްލައިޓްގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރެއް ކަމަށްވާ އަބީޝޭކް ޕާޓަކް ބުންޏެވެ.

މި ފިލްމު ލިޔެ ޑައިރެކްޓް ކޮށްފައި ވަނީ މީގެ ކުރިން އިރްފާންގެ ފިލްމު "ގިއްސާ" ވެސް ޑައިރެކްޓްކުރި އަނުޕް ސިންގް އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް މިއަހަރުގެ އެޕްރީލް މަހު އިރްފާން ހާން މަރުވި އޭނާގެ އުމުރަކީ 55 އަހަރެވެ.